ޓްރަމްޕް
ދުނިޔެ
08 Apr 2026 | 07:23
ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެމެރިކާއާ އީރާނުން އެއްބަސްވެއްޖެ

ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް އީރާނާ އެމެރިކާއާދެމެދު ކުރަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަން އިޢުލާނު ކުރީ ޕާކިސްތާނުގެ ލީޑަރޝިޕާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. ޓްރަމްޕް ބުނި ގޮތުގައި މި ނިންމުމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެޤައުމުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރާ އެކު ކުރެވުނު މުހިންމު މަޝްވަރާތަކެއްގެ ނަތީޖާއެވެ.

"އީރާނުން ހޯރްމޫޒް ކަނޑުއޮޅި ފުރިހަމައަށް، ވަގުތުން އަދި ރައްކާތެރިކަމާ އެކު ހުޅުވާލުމަށް އެއްބަސްވުމާ ގުޅިގެން، އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ދެ ހަފުތާގެ މުއްދަތަށް ހުއްޓާލުމަށް އެއްބަސްވެވިއްޖެ،" ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ނަމަވެސް، މި އެއްބަސްވުން ދެމިއޮންނާނީ ވަކި ޝަރުތަކެއްގެ މައްޗަށް ކަމަށް ޓްރަމްޕް ފާހަގަކުރިއެވެ. އެގޮތުން އީރާނުން "ހޮރްމޫޒް" ކަނޑުއޮޅި ވަގުތުން، ރައްކާތެރިކަމާއެކު ހުޅުވާލަން ޖެހޭނެ ކަމަށާ، މިއީ ދެ ފަރާތުންވެސް ހަމަލާތައް ހުއްޓާލާ "ޑަބަލް ސައިޑަޑް ސީޒްފަޔަރ" އެއް ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް މިހެން ބުނެފައިވާއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީވެސް ވަނީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގުން ދެ ހަފުތާގެ މުއްދަތަށް އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، މި ޚަބަރާއެކު ތެލުގެ އަގު ވަނީ ވަގުތުން ދަށްވާން ފަށައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.