ސްޓޭޓްފާމާ
ހަބަރު
08 Apr 2026 | 20:20
އީފާސް މެދުވެރިކޮށް ސްޓޭޓްފާމާ ޕޯޓަލަށް ވަދެ، މިހާރު ބޭސް ހޯދަން ބޭސްސިޓީ ހުށަހެޅޭނެ

ބޭސް ލިބުން ދަތިވުމާއި ބައެއް ބާވަތްތަކުގެ ބޭސްތައް ހޯދުމުގައި ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ވާހަކައަކީ މިއަދުވެސް ދިވެހިންގެ އެންމެބޮޑުއެއް ޝަކުވާއެވެ. މީގެ ކުރީގެ ސަރުކާރުތަކުން މިކަން ކުރުމަށް އެކިފަހަރުމަތިން މަސައްކަތް ކުރިނަމަވެސް މިކަމަށް އެދެވޭފަދަ ހައްލެއް ލިބިގެން އަދިވެސް ނުދާކަން އާއްމުން ފާހަގަކުރެއެވެ. 

މިކަން މިހެން އޮއްވައި ސްޓޭޓް ފާމާ ވުޖޫދަށް އައިސް، އެކުންފުނިން މިއަދު މިވަނީ އެކަމުގެ ޒިންމާ ނަގާފައެވެ. ސަރުކާރުން ސްޓޭޓްފާމާ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ދަތިވެފައި ބޭހާއި މެޑިކަލް އާލާތްތައް ވީހާވެސް އަވަހަކަށް ގެނައުމެވެ. އެކުންފުނި ހާއްސަ ކޮށްފައިވަނީ އެކަމަށެވެ.

ސްޓޭޓްފާމާގެ ހިދުމަތް ފަށައި އެކުންފުނިން މިހާރު ވަނީ ބޭސް ހޯދުމަށް ގުޅާނެ ހޮޓްލައިނަކާއި ޕޯޓަލެއް ތައާރަފްކޮށްފައެވެ. 

ސްޓޭޓްފާމާ ޕޯޓަލަށް ބަލާއިރު ޕޯޓަލް ފަރުމާކޮށްފައިވަނީ އީފާސް މެދުވެރިކޮށް ޕޯޓަލަށްވަދެ ބޭސްސިޓީ ހުށަހެޅޭ ގޮތަށެވެ. ޕޯޓަލުން ބޭސްސިޓީ އަޕްލޯޑްކޮށް، ބޭނުންވާ ބޭހަށް އެދުމުގެ އިތުރުން ދޭ އޯޑަރުގެ ސްޓޭޓަސް ބަލާލެވެއެވެެ. މިކަން މިގޮތަށް ހަމަޖެއްސުމުން، ބޭހަށް އޯދަރުދިނުމަށްފަހު ފޯނު ނުނަގައިގެން ވާނުވާ ނޭނގިފައި ހުންނާކަށެއް ނުޖެހޭނެއެވެ. ކޮންމެ ވަގުތަކުވެސް ފޮނުވި ބޭސްސިޓީގެ ސްޓޭޓަސް ބަލާލެވޭނެއެވެ. 

ސްޓޭޓް ފާމާއިން ބުނީ ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަށް އެދި ހުށަހެޅޭނޭކަމަށެވެ.

ސްޓޭޓް ފާމާ ޕޯޓަލް: https://portal.statepharma.mv 

ސްޓޭޓް ފާމާގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެކުންފުނިން މިހާރު ގެންދަނީ ބޭސް ފިހާރަތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ބޭނުމަކީ ރައްޔިތުން އެދޭފަދަ ކޮލިޓީ ބޭސް ލިބޭނޭ އިންތިޒާމު، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ގާއިމްކޮށްދިނުމެވެ.

ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން 2025 އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ