ވިލިނގިލީ ބޯޓެއް ފަރަށް އަރައި އަޑިއަށް، ދިވެއްސަކު ގެއްލިގެން ހޯދަނީ

ރޭގަނޑުގެ ވަގުތުގައި ކަނޑުމަތި

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ދެންމެ ބުނީ މި ހާދިސާ މައުލޫމާތު، މިރޭ ދަންވަރު 01:25 ހާއިރު  ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅެވެ.

މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް