އަފީފްބެ ކަނޑުމަތީން ސަލާމަތް ކުރަނީ އަދި ސަލާމަތް ކުރުމަށް ފަހު --
ރިޕޯޓް
09 Apr 2026 | 18:22
މިއީ ހަގީގީ މަންޒަރު، ސަލާމަތް ކޮށްދިން މީހުންނަށް ތިބުނެވުނީ ބަދުބަހެއް

ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ރޭ ދަންވަރު ބަނޑުންޖަހާލި ހާދިސާ ގައި ގއ. ކޮލަމާފުށީ، އިސްމާޢީލް އަފީފް ގެެއްލުނެވެ. އުމުރުން 87 އަހަރުގެ އަފީފް ގެއްލުނުކަން އެނގިނީ ބޯޓުން ދަތުރުކުރި އެހެން މީހުން ސަލާމަތް ކުރެވުނުއިރު އަފީފުގެ ހަބަރެއް ނުވުމުންނެވެ. ވަގުތުން އަފީފު ހޯދުމުގެ މަސައްކަތް ފެށި ކަމަަށް ސިފައިންނާއި ފުލުހުން ބުނެ އެވެ.

އެކަމަކު ރޭ ހަތަރުދަމު ނިމިގެން ދިޔައީ އަފީފުގެ ހަބަރެއް ނުވެ އެވެ. ހެނދުނުގެ ވެސް ބޮޑު ބައި ނިމި ދިޔައީ އަފީފުގެ އެއްވެސް ހަބަރެއް ނުވެ އެވެ. ނަމަވެސް ހެނދުނު ދިހައެއް ޖެހުމާއި ދާދި ގާތްވެފައި ވަނިކޮށް ކަނޑުމަތީން އަފީފު ފެނުނެވެ. ޕެލެޓެއްގައި އަތުން ހިފައިގެން ހަށިގަނޑުގެ ބޮޑުބައެއް ކަނޑުގެ އަޑީގައި ވަނިކޮށެވެ.

އޭރުވެސް ގަދަ ހިތްވަރާ އުންމީދާއެކު އަފީފު ދިޔައީ ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ. ކަނޑުމަތީން އަފީފު ފެނުނީ ސަޕްލައި ދޯންޏަކަށެވެ. އޭރު އެ ހާލެއްގައި އެ ފަކީރު ކަނޑުވެފައި އޮންނަތާ ނުވަ ގަޑިއިރުވީ އެވެ.

އެންމެންގެ ތައުރީފާއި ހެޔޮ ދުއާ އޮތީ އަފީފްއާ އެކު އެވެ. އެންމެންވެސް ދައްކަނީ އަފީފުގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ އެވެ. އެ އުމުރުގައި އޭނާ ދެއްކި ހިތްވަރެވެ. އަފީފަކީ ކަނޑުމަތީގެ މީހެއް ނޫނެވެ. އުމުރުގެ ބޮޑު ބައި ހޭދަކުރީ އިމާމެއްގެ ގޮތުގަ އެވެ. ގުރުއާން ކިޔަވައިދީ އެ އިލްމު ފެތުރި މުދައްރިސެއްގެ ގޮތުގަ އެވެ.

ނަމަވެސް އުމުރުން 87 އަހަރު ކަނޑުވެ ގެއްލުނު ހާދިސާގައި އަފީފު މި ދެއްކީ އާދަޔާ ހިލާފު ސާބިތު ކަމެކެވެ. ގަދަ ހިތްވަރެކެވެ. އެންމެ ޒުވާން, ކަނޑުމައްޗަށް ނުހަނު ގަދަ މީހަކަށް ވެސް ނުދެއްކޭނެހާ ސާބިތު ކަމެކެވެ.

ވީޑިއޯއާއެކު އެެހެން ބަހުސެއް; ތި ފެނުނީ ވީޑިއޯއެއް އެއްބައި

އަފީފު ފެނުނު ހަބަރަކީ އޭނާގެ އާއިލާއަށާއި ކޮލަމާފުއްޓަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. އެ އުފަލާ ހިތްހަމަ ޖެހުން މުޅި ގައުމަށް ވެސް ލިބުނެވެ.

އަފީފު ކަނޑުމަތީ އޮއްވާ ފެނުނު ވަގުތު ދޯނީގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އޭރު ދޮށީ އުމުުރުގެ އަފީފު އޮތީ ލަކުޑި ޕެލެޓްގަނޑުގައި އަތުން ބާރަށް ހިފަހައްޓައިގެންނެވެ. ލޮނުގަނޑުގެ މައްޗަށް އޮތީ އޭނާގެ ބޯ އެކަންޏެވެ. ހަށިގަނޑު އެކީ އެކަށް އޮތީ ލޮނުގަނޑުގެ އަޑީގަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ދޯނީގައި ހުރި މީހަކު އަފީފްއާ ދިމާއަށް ސީރިންގެއް އެއްލާ މަންޒަރު ފެނެ އެވެ. ފުރަތަމަ އެއްލެވީވެސް އަފީފްއާ ވަަރަށް ދުރަށެވެ. ދޯނީގައި ތިބި މީހުންގެ ތެރެއިން މީހަކު ކަނޑަށް ފުންމާލާ އަފީފް ސަލާމަތް ކުރަން މަސައްކަތްކުރާ މަންޒަރެއް ނުފެނެ އެވެ.

އެއާއެކު މިވަނީ ބަހުސެއް ފެށިފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ދޯނީގައި ތިބި މީހުން އަމަލުކުރީ ރަނގަޅަކަށް ނޫނެވެ. އެއަށް ވުރެ ބޮޑަށް އަފީފް ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. އެ އުމުރުގެ މީހަކު ކަނޑުވެފައި އޮއްވާ ފެނުމުން އިހްތިޔާރުން ބޭރުން ވެސް ވަގުތުން މޫދަށް ފުންމާލާ އެހީތެރިވެދޭނެ ކަމަށް ބުނެ އެތައް ބަޔަކު ކޮމެންޓް ކޮށްފައިވެ އެވެ.

އަނެއް ބަޔަކު ބުނީ މިއީ ކޮން ކަހަލަ ބައެއް ހެއްޔެވެ. 

ވީޑިއޯގައި އިވޭ އަޑުތަކުން ދޯނީގައި ތިބީ ބިދޭސީން ކަމަށް ބެލެވެ އެވެ. ވާހަކަ ދައްކާ އަޑު އިވެނީ ޔަގީނުން ވެސް ބިދޭސީންނެވެ. ފުންމާލަން ޖެހޭ ކަމަށް ވެސް ބުނާ އަޑުއިވެ އެވެ. ނަމަވެސް ކުރު އެ ވީޑިއޯގައި ފުންމާލާ މަންޒަރެއް ނުފެނެ އެވެ. ބަހުސް ބޮޑުވީ އެހެން ވެގެނެވެ.

ނަމަވެސް އަފީފުގެ ސަލާމަތް ކުރަނީ ބިދޭސީއަކު ފުންމާލައިގެންނެވެ. އެހެންވީމަ މި ފަހަރު މި އޮތީ ދެކޮޅު ބަލައިނުލެވި ބަހުސެއް ކުރެވިފަ އެވެ. ކުންހީ އެއްގެ މައްޗަށް ބިނާކޮށް ފާޑުކިޔާ ހަގީގަތެއް ނެތް ވާހަކަތަކެއް ދެކެވިފަ އެވެ.

ކޮންމެ އަކަށް އަފީފުބެ ސަލާމަތްވި ހަބަރާއެކު މި ބަހުސްވެސް ވައިރަލްވީ އެވެ.

ކޮމެންޓް
މިޔަރު ފުރޭތަ
ދިވެހިންނަކީ ކަނޑު ކޮސް ބައެއް. ތަނެއް ދޮރެއްނުބަލާ ހުކުމް އިއްވާ ބައެއް، ބޮޑުތަނުން މޮޔަބައެއް
10 Apr 2026
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ