އީރާންގެ ޚާރިޖީ ވަޒީރު
ދުނިޔެ
10 Apr 2026 | 10:23
އިސްރާއީލުން ޑިޕްލޮމަސީ ނައްތާލުމަށް އެމެރިކާއިން ފުރުޞަތު ދިނުމަކީ މޮޔަކަމެއް: އީރާން

ލުބުނާނުގައި އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅިފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޑިޕްލޮމަސީ ނައްތާލުމަށް އެމެރިކާއިން ފުރުޞަތު ދިނުމަކީ "މޮޔަ" ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި، ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދަޢުވާތަކުގެ ޝަރީޢަތް އަންނަ އާދީއްތަ ދުވަހު އަލުން ފެށޭނެއެވެ. އޭނާ ވިދާޅުވީ، ލުބުނާން ހިމެނޭހެން މުޅި ސަރަޙައްދަށް އަންނަ ސުލްހައެއްގެ ސަބަބުން ނަތަންޔާހޫ ޖަލަށް ދިއުން އަވަސްވެގެންދާނެ ކަމަށާއި، ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ފަހަތުގައި އަމިއްލަ އެދުމެއް އޮތް ކަމަށެވެ.

އެމެރިކާއަށް އަމާޒުކުރައްވައި އަރަގްޗީ ވިދާޅުވީ، ޑިޕްލޮމަސީ ނައްތާލުމަށް ނަތަންޔާހޫއަށް އެމެރިކާއިން ފުރުޞަތު ދީގެން އެ ޤައުމުގެ އިޤްތިޞާދު އިނދަޖައްސާލަން ބޭނުންވާނަމަ، އެއީ އެމެރިކާގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި އެއީ ވަރަށް މޮޔަ ކަމެއް. ނަމަވެސް އެފަދަ ޙާލަތަކަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކަކީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކެވި ވާހަކަފުޅަކަށް ދެއްވި ރައްދެކެވެ. ވެންސް ވަނީ ލުބުނާނުގެ މައްސަލައިގައި ސުލްހައިގެ އެއްބަސްވުން ރޫޅާލުމަށް އީރާނުން މަސައްކަތް ކުރުމަކީ "މޮޔަ" ކަމެއް ކަމަށް ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު ސުލްހައިގެ އެއްބަސްވުން އިއުލާނުކުރި ނަމަވެސް، އެ އެއްބަސްވުމުގައި ލުބުނާން ހިމެނޭތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މަސްރަޙު ވަނީ ނުތަނަވަސްވެފައެވެ. އީރާނުގެ އޮފިޝަލުން ބުނަމުންދަނީ ލުބުނާނަށް ދޭ ހަމަލާތައް ހުއްޓުވުމަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ ލުބުނާނުގައި ހިންގާ އޮޕަރޭޝަންތައް މަޑުޖައްސާލުމަށް ނަތަންޔާހޫ ގާތު އެދުނު ކަމަށެވެ. ނަމަވެސް، އިއްޔެވެސް އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދިން ހަމަލާތަކުގައި ހަތަރު ރެސްކިއު ވޯކަރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ބެއިރޫތުގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް ހުންނަ ސަރަޙައްދު ހުސްކުރުމަށްވެސް އިސްރާއީލުން ވަނީ އަމުރުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ ލުބުނާނުގެ ތާރީޚުގައި ފެނުނު އެންމެ ލޭއޮހޮރުވުން ބޮޑު ދުވަސްތަކެވެ. މި ހަނގުރާމަ އިތުރަށް ވަރުގަދަވެފައިވަނީ މިއަހަރުގެ މާރިޗު މަހުން ފެށިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.