އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
13 Apr 2026 | 09:20
ހޮރްމޯޒް ކަނޑުއަޮޅި ބަންދުކުރަން ޓްރަމްޕް އަމުރުކޮށްފި

ޕާކިސްތާނުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްޙައިގެ ވާހަކަތައް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅި "ވަގުތުން" ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކޮށްފިއެވެ.

މި ނިންމުން ޓްރަމްޕް އިޢުލާނު ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ޓްރަމްޕް ވަނީ އީރާނުން "ބްލެކްމެއިލް" ކުރަމުންދާ ކަމަށް ތުހުމަތުކޮށް، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނަށް ފައިސާ ދައްކާ ހުރިހާ ބައިނަލްއަޤްވާމީ އުޅަނދުތަކެއް ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފައެވެ.

އަދި އީރާނުން ކަނޑުއޮޅީގައި އަތުރާފައިވާ ކަމަށް ބުނާ މައިންތައް ނައްތާލުމުގެ މަސައްކަތްވެސް އެމެރިކާ ސިފައިން ފަށާނެ ކަމަށް ބުންޏެވެ. ސުލްޙައިގެ ވާހަކަތަކާ ގުޅޭގޮތުން ޓްރަމްޕް ބުނީ، ގިނަ ކަންތައްތަކަކަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެންމެ މުހިންމު ނިއުކްލިއަރ މައްސަލާގައި އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު މި ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައެވެ.

މިކަމާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނެފައިވަނީ، ވަކި ޤަވާޢިދުތަކަކާ އެއްގޮތަށް މަދަނީ އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަމަށާއި، ނަމަވެސް ހަނގުރާމަވެރި އުޅަނދުތައް ކައިރިވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުއްޓުމަކަށް އައިސް، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ.

މި ނިންމުމާ ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުންނާއި، ޚާއްޞަކޮށް އޮމާނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސުލްޙައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް ވަނީ ޓްރަމްޕްގެ މި ނިންމުމަށް ފާޑުކިޔާފައެވެ.

އީރާނުން ވަނީ އެމެރިކާގެ އެއްވެސް އަސްކަރީ އުޅަނދަކުން ކަނޑުއޮޅިއަށް ވަންނަން އުޅެފިނަމަ ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.