ކެބިނެޓް ބައްދަލްވުމެއް ކުރިއަށް ދަނީ --
ހަބަރު
16 Apr 2026 | 20:23
ވަޒީރުންގެ ހާއްސަ ކޮމެޓީއަށް ބަދަލުގެެނެސްފި، ޗެއާއަކީ ޒަމީރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، 2026 ފެބުރުވަރީ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި އެވެ.

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. މޫސާ ޒަމީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް (ޗެއަރ)

2. އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް

3. މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

4. އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް

5. މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ކޮމެޓީއެއް އުފެއްދެވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެޓީއަށް ބަދަލު މި ގެންނެވީ އެ ކޮމެޓީގައި ހިމެނޭ ގިނަ ވަޒީރުންގެ މަގާމު ގެއްލި އައު ބޭފުޅުންތަކަކާއެކު އަލުން ކެބިނެޓް އެކުލަވާލެއްވުމުންނެވެ. ކޮމެޓީގެ ޗެއާއަކަށް ހުންނެވި އޭރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް އާއި އޭރުގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި އޭރުގެ ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމާއި އޭރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އައު ކެބިނެޓްގައި ނުހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.