ހަނގުރާމަ މެދުނޑާލުން ފާހަގަކުރަނީ
ދުނިޔެ
17 Apr 2026 | 10:01
ލުބުނާނުގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި

ލުބުނާނާއި އިސްރާއީލާ ދެމެދު ދާއިމީ ސަލާމަތީ އަދި ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި، 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި މި މުއްދަތަކީ ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެވުނު ފުރުސަތެކެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި އުފާފާޅުކުރުންތައް ވަނީ ބާއްވާފައެވެ. ނަމަވެސް، މިއީ ވަގުތީ އެއްބަސްވުމަކަށް ވާތީ، ގިނަ ބަޔަކު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ހިޒްބުالله އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ޖަމާއަތުން މި އެއްބަސްވުމަށް އަމަލުކުރާނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެގެން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ގޮތުގައި އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ މިހާރު ވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. އަދި މި ހަފުތާ ބަންދުގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު މަޝްވަރާތައް އަލުން ފެށިދާނެ ކަމަށްވެސް ޓްރަމްޕް ވަނީ އިޝާރާތް ކޮށްފައެވެ. އީރާނުގެ ފޮރިން މިިނިސްޓްރީން ވަނީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް ލިބުނު ޚަބަރަށް މަރުހަބާ ކިޔާފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލަށް އައުމުގެ ކުޑަވަގުތުކޮޅެއް ކުރިން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިދަން އާއި ޒަހްރާނީ ސަރަހައްދަށް ދިން ހަމަލާތަކުގައި ޖުމްލަ 11 މީހަކު ވަނީ ޝަހީދުވެފައެވެ.

މި އެއްބަސްވުމުގައި އިސްރާއީލަށް "އަމިއްލަ ދިފާއުގައި" ހަމަލާދިނުމުގެ ބާރު އޮންނާނެ ކަމަށް އެމެރިކާއިން ބުނެފައިވާއިރު އެއީ ލުބުނާނުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް، އިސްރާއީލުން ބައެއް ސަރަހައްދުތަކަށް ބަޑީގެ ހަމަލާ ދީފައިވާ ކަމަށް ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދިވެސް އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ބައެއް އަަވަށްތަކުގައި ތިބުމުގެ ސަބަބުން، އާންމުން އެ ސަރަހައްދުތަކަށް ދިއުމަށް އިސްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.