ކޯރާކޯރާ އާއި ކުޑަފުށި ބައްދަލުކުރިމެޗްގެ ތެރެއިން
ކުޅިވަރު
18 Apr 2026 | 10:48
އެމްޖޭއެސް ރާބަދި ޗެލެންޖު؛ ކުޑަފުއްޓާއި ކޯރާކޯރާ އެއްވަރުވިއިރު، ހެރިޓެންސްއަށް މޮޅެއް

މިހާރު ކުރިއަށްދާ އެމްޖޭއެސް ރާބަދި ޗެލެންޖުގައި ރޭ ކުޑަފުއްޓާއި ކޯރާކޯރާ ބައްދަލުކުރިމެޗް އެއްވަރުވިއިރު، ހެރިޓެންސް ކުޅުނުމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗްގައި ކޯރާކޯރާ ނިކުތީ ކުޑަފުއްޓާ ދެކޮޅަށެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ، ކުޑަފުއްޓެވެ. އެއީ މެޗްގެ 29 ވަނަ މިނެޓް ތެރޭގައި ހުސައިން މަގްސޫދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ކުޑަފުށިން ލީޑް ނަގާފައިވަނިކޮށް، ކޯރާކޯރާއިން ވަނީ އޭގެ ތިން މިނެޓްފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، އިބްރާހިމް އަނާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ރައުލް ނިޔާޒެވެ.

މެޗްގައި ދެޓީމުންވެސް ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލިއިރު، މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ، ކޯރާކޯރާއެވެ. މެޗްގައި މޮޅަށް ކުޅުނީވެސް އެޓީމެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ރައުލް ނިޔާޒެވެ.

ރޭ ކުޅުނު ދެވަނަ މެޗްގައި ހެރިޓެންސް އާއި ރީތިފަރު ރިސޯޓް ބައްދަލުކުރިމެޗް ހެރިޓެންސް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗްގައި ހެރިޓެންސް އިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް އިރުޝާމެވެ. ރީތިފަރަށް ސުންކަނޑުވާލަދިނީ، އާދަމް ހަފީޒެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެރިޓެންސްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރުޝާމެވެ.

އެމްޖޭއެސް ރާބަދި ޗެލެންޖުގައި މިރޭވެސް ދެމެޗެއް ކުޅޭނެއެވެ. ރ.މީދޫ ދަނޑުގައި ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޖޯލި މޯލްޑިވްސް އާއި އިްނޓަރކޮންޓިނެންޓަލް މޯލްޑިވްްސް މާމުނަގައު އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ، ދިގައްޔާއި، އަދާރަން މީދުއްޕަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ