މުޙައްމަދު ޙުސައިން ޝަރީފް (މުންދު).. ފޮޓޯ:ވަސްމީ ވަޙީދު / ޕީއެސްއެމް ނިއުސް
ހަބަރު
18 Apr 2026 | 11:54
ސިޔާސީ ވަޒީފާއަކީ ލިބޭ ހަދިޔާއެއް ނޫން، މަސައްކަތް ނުކުރެވޭނެމަ ޖެހޭނީ ވަކިވާން: މުންދު

ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ލިބޭ ހަދިޔާއެއް ނޫންކަމަށާއި، މަސައްކަތް ނުކުރެވޭނަމަ ޖެހޭނީ ވަކިވާންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ވަނީ ވަރަށް ސާދާކޮށް ސިޔާސީ މަގާމުތަކާއި ވަޒީފާތައް މާނަކޮށްދެއްވާފައެވެ. ރައީސް މައުމޫނު ސަރުކާރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުކަމުގައި އެކި ފަހަރުމަތިން ތަރުޖަމާނުކަމުގެ މަޤާމު އަދާކުރެއްވި މުންދު ވިދާޅުވީ، ސިޔާސީ ވަޒީފާ ލިބެނީ ސިޔާސީ ފިކުރެއްގެ ތެރެއިން ކަމަށާއި، ސިޔާސީމީހުންގެ ބޭނުމަކީ ވަފާތެރިކަމާއެކުގައި އެއިރެއްގެ އޮންނަ ސަރުކާރެއް އެއިރެއްގެ ހުންނަ ރައީސުލްޖުމްހޫރިއްޔާއާއި އެކު އިތުބާރު ހުރި ގޮތެއްގައި މަސައްކަތްކުރުން ކަމަށެވެ.

ސިޔާސީ މީހުންގެ ފަރާތުން އެ އިތުބާރު ވަރަށް މުހިންމުވާނޭކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ސިޔާސީ ވަޒީފާއަކީ ލިބޭ ހަދިޔާއެއް ނޫންކަމަށެވެ. ހުވައެއްކޮށްގެން އަދި ޗިޓަކާއެކު މަގާމާ ހަވާލުވިނަމަވެސް އެމީހަކަށް މުސާރަދެނީ ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިން ކަމަށާއި، މާނައަކީ އެމީހާއަކީ ރައްޔިތުންގެ ހާދިމެއް ކަމަށެވެ. އެހެންކަމުން އެމީހެއްގެ ފަރާތުން މަސައްކަތުގެ ހުނަރު ނުދެއްކި މަގާމުން ވަކިވެގެން ދާންޖެހޭ ވަގުތެއް އަތުވެއްޖެނަމަ އެކަމާ ޝަކުވާ ކޮށްގެން ނުވާނޭކަމަށް މުންދު ވިދާޅުވިއެވެ.

އަޅުގަނޑުމެން ސިމެނޭގޮތަށް އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން މީކީ. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ ވަޒީފާއަކީ އަޅުގަނޑަށް ސިޔާސީ ގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ފަސްއަހަރު ދުވަހާ ފީސަބީލިއްލާހި ލިބިފައިވާ ހަދިޔާއެއް ކަމަކަށް.  ޕާފޯމަންސް ނުދެއްކޭ ކަމަށް ވެއްޖެއްޔާ އަޅުގަނޑު ނުކުމެގެން ދާންޖެހޭ ހާލަތެއް އަންނައިރު އަޅުގަނޑު ޝަކުވާއެއް ކޮށްގެން ނުވާނެ

 ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

މުންދު ވިދާޅުވީ ސިޔާސީ މީހަކަސް އެމީހެއްގެ މަގާމުގައި ކުރަންޖެހޭ ކަންކަން ނުކުރެވޭނަމަ އެހިސާބުން ޖެހޭނީ ވަކިވާން ކަމަށާއި، ސިޔާސީ މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަކީ ސަރުކާރުން މީގެ އަހަރެއް ކުރިންވެސް ކުރި މަސައްކަތެއްކަމަށެވެ. އެގޮތުން މިހާރުވެސް އެ މަސައްކަތް ކުރަމުންދާކަމަށް މުންދު ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ މިކަމަކީ ވަކި އަދަދަކަށް މުއައްޒަފޔުން ވަކިކުރުމަށް ނުވަތަ، މާލީ ވިސްނުމަކުން ކުރާ ކަމެއް ނޫންކަމަށާއި، މިއީ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް އެސެސްކުރުމަށް އޮންނަ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ކަމެއްކަމަށެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ވުޒާރާތަކާ ހުރިހާ އިދާރާތަކެއްގަ މިހާރުވެސް އެ މަސައްކަތް ކުރިއަށްދާކަން މުންދު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.