ހުރްމުޒް ކަނޑުއޮޅި.. ފޮޓޯ: އޭޕީ
ދުނިޔެ
18 Apr 2026 | 12:53
އެމެރިކާއިން ދުއްތުރާ ކުރާނަމަ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހިދާނެ: އީރާން

އެމެރިކާއި އީރާނުގެ ބަނދަރުތަކަށް ދުއްތުރާކުރާނަމަ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ދީފައިވާ ލުއިތަށް އަނބުރާ ގެންނަން ޖެހިދާނޭކަމަށް އީރާނުން ބުނެފިއެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އީރާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދައްކަވަމުން ގެންދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށާއި، ހެދިފައިވާ އެއްބަސްވުންތަކާއެކު އީރާނުން ދެމިއޮތްކަމަށެވެ. އެހެނެއްކަމަކު އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރައްވަމުން ބާޤިރު ވިދާޅުވީ އެ ބީދައިން ކަންކަން ކުރާނަމަ އީރާނުންވެސް ކަންކަން ކުރަމުންދާނޭކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން އީރާނުން ވަނީ ބޯޓުތަކަށް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނޭމަގު ތަނަވަސްކޮށްދީފައެވެ. ނަމަވެސް އަސްކަރީ އުޅަނދުތަކަށް އެއްވެސް ސިފައެއްގައި އެ ހިސާބުން ދަތުރު ނުކުރެވޭނޭކަމަށް އީރާނުން ވަނީ ބުނެފައެވެ. ދެފަރާތުގެ ދެމެދުގައި ކަންބޮޑުވުން އިތުރުވީ، އެމެރިކާގެ އަސްކަރިއްޔާއިން ހުރްމުޒް ކަނޑުއޮޅި ކައިރީ ހަރަކާތްތެރިވާން އުޅުމުންނެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ އެމެރިކާއަށް އިންޒާރު ދީފައެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނެފައިވަނީ، ހުރްމުޒް އީރާން ސަރަހައްދުގައި ތާށިވެފައި އޮތް 21 ބޯޓެއް މިއަދު އެކަނިވެސް ނިކުމެ ދަތުރަށް ފަށާފައިވާކަމަށެވެ.

ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ލުބްނާނަށް ބޮންއެޅުން ހުއްޓާލާފައިވާކަމަށް ޓްރަމްޕް ޔަގީންކޮށްދީފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލުބްނާނުގެ ގެދޮރު ދޫކޮށްދާން މަޖުބޫރުވި އެތައް ހާސް ބަޔަކު ވަނީ އެނބުރި ގެދޮރަށް ދާން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.