މަސް ދޯންޏެއް
ހަބަރު
21 Apr 2026 | 13:48
މާދަމާއިން ފެށިގެން މަސްވެރިކަން ކުރާ ދޯނިފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ

މާދަމާއިން ފެށިގެން މަސްވެރިކަން ކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މަސްވެރިކަންކުރާ ހުރިހާ ދޯނިފަހަރަށް މާދަމާއިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. 

މިގޮތުން، އަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ ރަށްތަކަކަކީ:

ހއ އިހަވަންދޫ 

ހދ ހަނިމާދޫ 

ށ. މިލަންދޫ

ބ. އޭދަފުށި

ފ. ނިލަންދޫ 

ރ ދުވާފަރު 

ދ.ކުޑަހުވަދޫ

ކ.ހިންމަފުށި 

ޅ.ފެލިވަރު

ސ.ހުޅުމީދޫ

ގއ.ކޫއްޑޫ

ކ.ހިންމަފުށި

ހުޅުމާލެޖެޓީ

މިއާ އެކު އެފްއެސްއެމްގެ ހިދުމަތްދޭ 13 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެއެވެ.

ތެޔޮ އަޅަން ދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އަދި އެންމެ، ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހެއެވެ.

އަގު ހެޔޮ ރޭޓުގައި ތެޔޮ ދިނުމަށް، ހަމަޖެހިފައިވަނީ އަންނަނިވި މިންވަރަށެވެ.

ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

85, ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 5000 ލީޓަރު ( މަހަކަށް 2 ދަތުރު)

50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 3000 ލީޓަރު ( މަހަކަށް 3 ދަތުރު)

50. ފޫޓުން ދަށުގެ، އުޅަނދުފަހަރު" 1500 ލީޓަރު (މަހަކަށް 3 ދަތުރު)

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް:

85 ފޫޓުން" ފެށިގެން، ބޮޑެތި އުޅަނދުފަހަރަށް.1800 ލީޓަރު (މަހަކަށް 5 ދަތުރު)

50 ފޫޓާއި 85 ފޫޓާއި ދެމެދުގެ. އުޅަނދުފަހަރަށް. 1200 ލީޓަރު (މަހަކަށް 5 ދަތުރު)

50. ފޫޓުން ދަށުގެ އުޅަނދުފަހަރު 600 ލީޓަރު (މަހަކަށް 5 ދަތުރު)

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.