މިދިޔަ އަހަރު ބޭއްވުނު މައުރަޒުގެ ތެރެއިން... ފޮޓޯ: ބީސީސީ
ހަބަރު
21 Apr 2026 | 21:11
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ފުރަތަމަ ފަހަރަށް ދީނީ ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

މިކަމާ ގުލޭގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މިފަހަރުގެ މައުރަޒުގައި، ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ތައާރަފްކޮށްފައިވާކަމަށެވެ. މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެއްކަމަށް ބީސީސީން ބުންޏެވެ.

މަޢުރަޒުގައި އަލަށް ހިމަނާފައިވާ ދީނީ ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ މަޤްޞަދަކީ އުފެއްދުންތެރި އަދި ތަޢުލީމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ އުޞޫލުތައް ކުރިއެރުވުމާއި، ދީނީ ކަންކަމަށް ޚާއްޞަ ތަކެތި އުފެއްދުމުގައި، އައު ވިސްނުންތަކަށް ހިތްވަރު ދިނުމެވެ. މި ކެޓަގަރީގެ ދަށުން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ބައިވެރިކުރެވޭނޭކަމަށް ބީސީސީން

މި ކެޓަގަރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދީނީ ކޮންޓެންޓް، އޯޑިއޯ އަދި ވީޑިއޯ ފޯމެޓުގައި ހުށަހެޅުމުގެ ފުރުޞަތެވެ. މީގެ ތެރޭގައި އިސްލާމީ ތީމްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީތަކާއި، ރިޕޯޓްތަކާއި، އަދި ދީނީ ރޫޙު އާލާކުރުމަށް ތައްޔާރުކޮށްފައިވާ މަލްޓިމީޑިއާ އުފެއްދުންތައް ހިމެނެއެވެ. މިފަދަ އުފެއްދުންތައް ހުންނަންވާނީ ކަނޑައެޅިފައިވާ ދީނީ އުޞޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށެވެ.

މި ކެޓަގަރީގައި ދީނީ އެހެނިހެން އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިއީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތާރީޚުގައި ގެނެވުނު މުހިންމު ބަދަލެކެވެ. މީގެ ސަބަބުން ލިބޭ އިޤްތިޞާދީ ކުރިއެރުމުގެ އިތުރުން، މުޖުތަމަޢުގެ ސަގާފީ އަދި ދީނީ ކަންކަން ދިރުވައި އާލާކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ދީނީ ތަޢުލީމު އުގަންނައިދިނުމަށް ބޭނުންކުރާ ތަކެއްޗަށް ޚާއްޞަ ސަބް-ކެޓަގަރީއެއް ވެސް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ތަފާތު ޢުމުރުފުރާގެ ކުދިންނާ ގުޅޭގޮތަށް، އެކުދިންގެ ވިސްނުމާއި އުނގެނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ ތަޢުލީމީ ވަސީލަތްތައް ހިމެނެއެވެ. މީގެ ބޭނުމަކީ އައު ޖީލުތަކަށް އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުމުގައި ޝައުޤުވެރި އަދި ފަސޭހަ ގޮތްތަކެއް ތައާރަފްކުރުންކަމަށް ބީސީސީން ބުނެއެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު https://www.expo.mv ހުޅުވާލާފައިވާއިރު، މައުރަޒު ބާއްވާނީ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭގޮތަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރުމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.