އެމްޑީޕީގެ ރައީސް ޝާހިދު: ފޮޓޯ/ އެމްޑީޕީ
ހަބަރު
22 Apr 2026 | 08:09
އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ޝާހިދު ވިދާޅުވީ ވަކިކޮޅެއް ނެގުމަކީ ޤަބޫލުކުރައްވާ އުޞޫލެއް ނޫންކަމަށް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވައި ވަކިކޮޅެއް ނެގުމަކީ ޤަބޫލުކުރައްވާ އުޞޫލެއް ނޫންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސްދީ، ޕާޓީތައް ހިންގާނެ ގޮތް އުނގަންނައިދިން ޕާޓީ ކަމަށެވެ. އަދި ކުރިއަށް އޮތް ދާއިރާތަކުގެ އިންތިޚާބާއި އެކި މަޤާމުތަކަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބަކީ ޕާޓީގެ މެންބަރުން އެކަތިގަނޑަކަށްވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕާޓީން ކުރާ މަސައްކަތުގެ މުހިންމު ފެށުމަކަށް ވާނެއެވެ.

"ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އަޅުގަނޑު ޤަބޫލުކުރާ އުޞޫލެއް ނޫން. އަޅުގަނޑުގެ އެދުމަކީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިޚާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން. އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ.،" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިހާތަނަށް ތިން ބޭފުޅަކު ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް ނަސީމްގެ އިތުރުން ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.

ތިން ބޭފުޅުންވެސް މިހާރު ވަނީ ރަސްމީކޮށް އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވައި، އާންމު މެންބަރުންގެ ތާއީދު ހޯއްދެވުމަށް ކެންޕެއިން ފައްޓަވާފައެވެ.

ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ޕާޓީގެ ކުރީގެ ދެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒް އިސްމާޢީލާއި މާރިޔާ އަޙްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.

އަނެއްކޮޅުން، މެންބަރު މީކާއީލް ނަސީމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުންތަކެއް ތާއީދު ކުރައްވާކަން ވަނީ ހާމަވެފައެވެ. މީކާއީލަކީ މީގެ ކުރިން ވަގުތީ ޗެއާޕާސަނަކު ހޮވުމަށް ކުރެވުނު މަސައްކަތުގައިވެސް ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.