ވަޒީރު ޝަހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
22 Apr 2026 | 10:51
ގުރުއަތު ހޮވައިގެން ކުންފުނިތަކުން މީހުން ޙައްޖަށް ފޮނުވަން ފުރުސަތު ދިނުން ރަނގަޅުކަމަށް ގަބޫލެއް ނުކުރަން: ޝަހީމް

ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުން ގުރުއަތުލައިގެން މީހުން ހައްޖަށް ފޮނުވުމަކީ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުނުކުރައްވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާަގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުންފުނިތަކުން ގުރުނަގައިގެން ހޮވޭ މީހުން ހައްޖަށް ފޮނުވުމަކީ ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން އެގޮތަށް އެކަން ކުރަން ފުރުސަތު ދިނުން ވަރަށް މަދު ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން މި އަހަރުވެސް އެ ފުރުސަތު ދިނީ މަދު ބަޔަކަށް ކަމަށާ އެގޮތަށް އެކަން ކުރީ ކިޔުގައި ޖެހިގެން ތިބި މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވުއެވެ.

އަޅުގަނޑު ޝަޚްސީގޮތުން ޤަބޫލުކުރާކަމެއްނޫން އެއީ ކުންފުނިތަކަށޭ ކިޔާފައި އެގޮތަށް ކޯޓާއެއް އަސްލުދުލެއް ނުކުރެވޭނެ. ވަރަށް ގިނަ ކުންފުނިތަކުން މިނިސްޓްރީއަށްވެސް ސިޓީތައް އާދޭ އެތާނގެ މުވައްޒަފުންނަށް އެފުރުސަތު ހޯދަން. އެހެންނަމަވެސް އަޅުގަނޑުވެސް ޤަބޫލެއް ނުކުރަން އެއީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް، ކިޔުގައި އެހާ ގިނަ މީހުން ރެޖިސްޓާވެގެން ތިއްބާ ކުއްލި އަކަށް އަންނަ ފުރުސަތު ތަކަށް ޖާގަދިނުން.

ވަޒީރު ޑރ. ޝަހީމް

އެފަދައިން ފުރުސަތު ދިނުމުގެ ބަދަލުގައި، އެފަރާތްތަކުންވެސް ފައިސާ ދެއްކުމަށްފަހު ކިޔުއަށް އެރުމަށް ޝަހީމް ވަނީ ލަފާދެއްވާފައެވެ. އެގޮތުން، ކުންފުނިތަކުން އެ މުވައްޒަފަކަށް ފައިސާދީގެން މުވައްޒަފު ކިޔުގައި ޖައްސެމަކީ އެދެވޭ ކަމެއް ކަމަށާ، މިހާރުވެސް ވަކި މިންވަރަކަށް ފައިސާ ދެއްކުމުން ކިޔުގައި ޖެހެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެގޮތަށް ކިޔުގައި ޖެހިގެން ތިބުމުން، ކުއްލިއަކަށް ކޯޓާ އިތުރުވެއްޖެ ނަމަވެސް، އެބަޔަކަށް ފުރުސަތު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެނީ މިވަގުތު އެއްވެސް ގަްުމަކަށް އިތުރު ކޯޓާ ދިނުން މަޑުޖައްސާލާފައިވަނީ މައްކާއާއި މަދީނާގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ސަބަބުން ކަމަށާ، އެހެން އެއްވެސް ގައުމަކަށް ކޯޓާ އިތުރުކުރެވޭ ޙާލަތެއްގައި ރާއްޖެއަށްވެސް އިތުރު ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.