މަމުނަގައު އާއި ޖޯލި ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
22 Apr 2026 | 09:31
އެމްޖޭއެސް ރާބަދި ޗެލެންޖު; ރޭ ކުޅުނު މެޗްތައް ކާމިޔާބުކުރީ މާމުނަގައު އަދި ފާރުފުށި

ރ.މީދޫގައި މިހާރު ކުރިއަށްދާ އެމްޖޭއެސް ރާބަދި ޗެލެންޖުގައި ރޭ ކުޅުނު މެޗްތައް މާމުނަގައު އަދި ފާރުފުށި ކާމިޔާބުކޮށްފިއެވެ.

އެމަރަލްޑް ފާރުފުށި ރިސޯޓް ބައްދަލުކުރީ ދިގަލި މޯލްޑިވްސް އާ ދެކޮޅަށެވެ. މިމެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފާރުފުއްޓެވެ. ދިގަލި މޮޅަށް ކުޅުނު މިމެޗްގައި ފާރުފުށިން ވަނީ މެޗްގެ ވަރަށް ކުރީކޮޅު ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ މިނެޓް ތެރޭގައި މުހައްމަދު އަލީފެވެ. ފާރުފުށިން ލީޑް ނެގިތާ މިނެޓެއް ނުވެ ޝުއައިދު ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްދީފައެވެ. 

ފާރުފުށިން ލަނޑެއް ޖަހާފައިވަނިކޮށް ދިގަލީގެ ހަސަން ވަނީ 21 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މެޗްގައި ފާރުފުށިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަލީފެވެ. މިމެޗްގައި ފާރުފުށިން ޖެހި ތިން ލަނޑުޖަހަން އެސިސްޓްކޮށްދިނީ އިބްރާހިމް ޒައިދެވެ.

ރޭ ކުޅުނު އަނެއް މެޗްގައި އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު އާއި އެމަރަލްޑް މޯލްޑިވްސް ބައްދަލުކުރިމެޗް މާމުނަގައު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

 މާމުނަގައު އާއި އެމަރަލްޑް ބައްދަލުކުރިމެޗްގެ ތެރެއިން

މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ އެމަރަލްޑެވެ. އެއީ މެޗް ފަށައިގެން ދެވަނަ މިނެޓް ތެރޭގައި ޝައްމޫން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗްގައި ފެނިގެންދިޔަ ދެވަނަ ލަނޑަކީ އެމަރަލްޑްގެ މުހައްމަދު އަހުމަދުގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. މެޗްގައި ދެން މާމުނަގައުގެ ލަނޑުތައް ޖަހައިދިނީ ފަރޮމުޒު އަދި އިބްރާހީމް ރާއީއެވެ. އެމަރަލްޑްގެ ދެވަނަ ލަނޑު ޖަހައިދިނީ އަހުމަދު އަޝްފާގުއެވެ.

އެމްޖޭއެސް ރާބަދި ޗެލެންޖުގެ ދެ މެޗެއްގެ ކުޅުން މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗްގައި ރާޔާ ނިކުންނާނީ ޖޯއްޔާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ސްޓާންޑަޑް ނިކުންނާނީ ކޮތައިފަރާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ