ޗެއާޕާސަން އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Apr 2026 | 08:16
އެ ގެއްލުވާލީ ޕާޓީގެ މެންބާޝިޕް 60،000 އިތުރުކުރެވެން އޮތް ފުރުސަތު: ފައްޔާޟު

ޕާޓީގެ މެންބަރުންގެ އަދަދު 60،000 އަށް އިތުރުކުރުމަށް ލިބުނު ފުރުސަތު، ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ލީޑަޝިޕަށް ފައްޔާޒު ފާޑުވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއެވެ.

އެގޮތުން އިއްޔެ އެމްޑީޕީން ކުރި އިއުލާނުގައި ބުނެފައިވާގޮތުން، މި އިންތިހާބުގައި ވޯޓުލެވޭނީ ރޭ ދަންވަރު 12:00ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

‏އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކިރައްވައި ފައްޔާޟު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގައި 44000 މެމްބަރުން ތިއްބާ އެންމެ ދުވަހެއްގެ ތެރޭގައި އެ އަދަދު 50000 އަށް ބަދަލުވެފައިވާ ކަމަށެވެ.

”އަދި ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަރޝިޕް 60000 އަށް އެރުވޭނެ ފުރުަސަތު މި ގެއްލުނީ.“ ފައްޔާޒު ވިދާޅުވިއެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއާއި ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް ނަޝީދާއި އޭނާގެ ސަޕޯޓަރުން އަންނަނީ ޕާޓީއަށް މެންބަރުން އިތުރުކޮށް، ކެންޕެއިން ކުރުމަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ކުރަމުންނެވެ. އެ ދަތުރުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެ ޕާޓީއާ ގުޅެމުންނެވެ.

އަދި އިންތިޚާބުގައި ވޯޓުލެވޭ މެންބަރުންނަކީ ރޭގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުން ކަމަށް ކަނޑައަޅާފައި އޮތުމުން، ނަޝީދަށް ތާއީދުކުރައްވާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. 

އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއާ ނަޝީދު ގުޅިވަޑައިގެންނެވުމުން އެޕާޓީގައި ތިއްބެވި އެމަނިކުފާނުގެ ގިނަ ސަޕޯޓަރުން ޑިމޮކްރެޓަސްއަށް ސޮއި ކުރިއެވެ. އަދި އެއްބަޔަކު، އެމަނިކުފާނާއެކު އަލުން އެމްޑީޕީއާ ގުޅުނު ނަމަވެސް، އަދިވެސް ބައެއް މެންބަރުން ތިބީ ޑިމޮކްރެޓްސްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.