"ބުނޫން ނެޓްވޯކް އޮފް ފާޓިލިޓީ އެންޑް ވިމެންސް ހެލްތު ސެންޓަރ
ދުނިޔެ
23 Apr 2026 | 09:15
އޭއައި ބޭނުންކޮށްގެން ހެދި އައިވީއެފްއަކުން ސައުދީގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

ސައުދީ އަރަބިއްޔާގެ ސިއްހީ ދާއިރާއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައާރަފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދި އައިވީއެފް ފަރުވާއަކަށްފަހު އެ ގައުމުގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެއެވެ.

މި ތާރީޚީ ކާމިޔާބީ އިއުލާނުކޮށްފައިވަނީ "ގްލޯބަލް ފާޓިލިޓީ" ގެ ދަށުން ހިންގާ "ބުނޫން ނެޓްވޯކް އޮފް ފާޓިލިޓީ އެންޑް ވިމެންސް ހެލްތު ސެންޓަރ" އިންނެވެ. މިއީ ސައުދީ އަރަބިއްޔާއިން 2026 ވަނަ އަހަރަކީ "އާޓިފިޝަލް އިންޓެލިޖެންސްގެ އަހަރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ފަރުވާގައި ބޭނުންކޮށްފައިވަނީ "ވިޓްރޫވިއަން އެމްޑީ" ނަމަކަށް ކިޔާ އޭއައި ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ދަރިމައިވުމުގެ މައްސަލަ ހުންނަ ފިރިހެނުންގެ ދަރިފަނި ނުވަތަ ސްޕާމްގެ ސިއްހަތު ދެނެގަނެ، އޭގެ ތެރެއިން އެންމެ ދަރިމައިވުމުގެ ފުރުސަތު ބޮޑު ސެލްތައް ދެނެގަނެއެވެ. މީގެ ކުރިން މިކަން ކުރަނީ އެމްބްރިއޮލޮޖިސްޓުން ލޮލުން ބަލައިގެން ކަމަށްވާއިރު، އޭއައިގެ ސަބަބުން މީގެ ސައްހަކަން އިތުރުވެ، ނަތީޖާ ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މި ޓެކްނޮލޮޖީގެ އެހީގައި އުފަންވި ފުރަތަމަ ކުއްޖާއަކީ ދަރިމައިވުމުގައި ދަތިތަކެއް ހުރި ދެމަފިރިއަކަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ދަރިފަނީގެ "ޑީއެންއޭ ފްރެގްމެންޓޭޝަން" މަތިވުމުގެ ސަބަބުން މީގެ ކުރިން ވަނީ ދަރިމައިވުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އޭއައި ބޭނުންކޮށްގެން އެންމެ ފެންވަރު ރަނގަޅު ދަރިފަނި ހޮވުމުގެ ސަބަބުން ފަރުވާ ކާމިޔާބުވެ، ސިއްހަތު ރަނގަޅު ކުއްޖަކު ވަނީ އުފަންވެފައެވެ.

ގްލޯބަލް ފާޓިލިޓީގެ ސީއީއޯ މަޖްދު އަބޫ ޒަންތު ވިދާޅުވީ، އައިވީއެފް ލެބޯޓްރީތަކުގައި އޭއައި ބޭނުންކުރުމަކީ މިހާރު ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ފަރުވާގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މީގެ ސަބަބުން ފަރުވާ ފޭލްވާ މިންވަރު މަދުވެ، ބަލިމީހުންގެ ވަގުތާއި ޚަރަދު ސަލާމަތްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބުނޫން ސެންޓަރުގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަބްދުލްއަޒީޒް އަލްޝަހްރާނީ ވިދާޅުވި ގޮތުގައި، މި އައު އީޖާދަކީ ސައުދީގެ "ވިޜަން 2030" އާ އެއްގޮތްވާ ގޮތުގެ މަތިން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ބުނޫން ނެޓްވޯކުން މިހާރުވެސް އަހަރަކު 5,000 އަށްވުރެ ގިނަ އައިވީއެފް ފަރުވާ ދެމުންދާއިރު، ރިޔާޟް، ޖިއްދާ އަދި އަލް އަހްސާގައި މި ފަރުވާދޭ މަރުކަޒުތައް ހުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަބްހާ އާއި މަދީނާއަށް މި ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ރިޔާޟްގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބޮޑު މަރުކަޒެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.