ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Apr 2026 | 10:15
ދަނާލުގައި ދަރިވަރަކު މަރުވުން: ކަން ހިނގައިދިޔަ ގޮތް އިހްސާން ކިޔައިދެއްވައިފި

އެމްއެންޔޫގެ ދަނާލުގައި އުޅުނު 18 އަހަރުގެ އަންހެން ދަރިވަރަކު މަރުވި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެރޭގައި ކަން ހިނގައިދިޔަގޮތް ދަޚިލީ ވަޒީރު ޢަލީ އިހްސާން ކިޔައިދެއްވައިފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، އެ ދަރިވަރު ނިޔާވި ރޭގެ 20:40 ގައި، ފުލުހުންގެ ވިކްޓިމް ސަޕޯޓް ވައިބާ ނަންބަރަށް އެ ދަރިވަރުގެ މެސެޖެއް ލިބުނު ކަމަށެވެ. 

”އެމެސެޖުގައިވަނީ، ”އައިއެމްސޯ ކްލޯސް ޓު ގިވްއަޕް.““ އިހްސާން ވިދާޚުވިއެވެ. 

އެ މެސެޖުލިބުމުން 20:49 ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ފަރާތުން އެ މެސެޖުގެ ރިޕްޕައިގައި ” ވުޑް ޔޫ ލައިކް ޓު ޝެއާ ވިތްއަސް“ ލިޔެ ޖަވާބު ފޮނުވާފައިވާ ކަމަށާ، އޭގެ ޖަވާބުގައި އެ ދަރިވަރު މެސެޖު ކުރީ، 20:50 ގައި ކަމަށާ އެ މެސެޖުގައި ވަނީ، ”އައިޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް“ އޭ ކަމަށް އިހްސާން ވިދާޅުވިއެވެ. 

އެ މެސެޖަށްފަހު، 20:53 ގައި އެއްވެސް މީހަކަށް ނުގުޅުމަށް އެދި މެސެޖެއް ކޮށްފައިވާ ކަމަށާަ އަދި އެ ވަގުތު، ”އައިއެމް އޯކޭ، އައިއެމް ގޮއިން ޓުބީ އޯކޭ“ ”އައި ހޭވް ބީން އޯކޭ“ އޭ ބުނެ ދަރުވަރު މެސެޖު ކުރި ކަމަށް އިހްސާން ވިދާޅުވިއެވެ.

އެއަށްފަހު 20:56 ގައި ”އައިއެމް ގޮއިން ފޯ އަވޯކް“ އޭ ބުން އެ ދަރިވަރު މެސެޖުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެފަހުން އެވަގުތު އެއްވެސް މެސެޖެއް ނުލިބޭ ކަމަށާ، ދެން މެސެޖެއް ލިބުނީ، ދަންވަރު 12:38 ގައި ކަމަށާ، އެމެސެޖުގައި ވަނީ ”އައި އެމް ގޯން“ އޭ ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އޭގެ ތިން މިނެޓް ފަހުން ”ވަޓް ޑޫ ޔޫ މީން ބައި ދެޓް. ހައު ކެން އައި ހެލްޕް ޔޫ. ވުޑް ޔޫ ލައިކް ޓު ގޯޓު ހޮސްޕިޓަލް އޯ، ޓޯކް ޓުމީ.“ އޭ ބުނެ ފުލުހުން އެއަށް ޖަވާބު ދިން ކަމަށާ، އެ ދަރިވަރާ ފުލުހުންނާ ދެމެދު ކުރެވުނު މުޢާމަލާތަކީ އެއީ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، ފުލުހުންގެ އަދި ސަރުކާރުގެވެސް އިތުރު އެއްވެސް ނަންބަރަކަށް އެ ދަރިވަރު މެސެޖެއް ކޮށްފައި ނުވާ ކަމަށެވެ. 

އަދި 12:57 ގައި ދަރިވަރު އޮފްލައިން ވެފައިވާ ކަމަށާ އޭގެ ފަހުން އެ ދަރުވަރުގެ ބޭބެއަށް މެސެޖެއް ކުރި ކަމުގެ މައުލޫމާތު 1:02 ގައި ފުލުހުންނަށް ލިބުނު ކަމަށާ، އެ ލިބުމުން ފުލުހުން މައްސަލަ ބަލަމުންދާ ކަމަށާ އާއިލާއިންވެސް ދަރިވަރަށް ސަޕޯޓް ދިނުމަށް އިރުޝާދު ދިން ކަމަށް އިހްސާން ވިދާޅުވިއެވެ. ބޭބެއަށް ދަރިވަރު މެސެޖު ކުރީ 12:36 ގައި ކަމަށާ މެސެޖުގައު ވަނީ ”އައިއެމް ނޮޓް ބޯދާޑް“ އޭ ކަމަށްވާއިރު އެފަހުން އެހެން މެސެޖެއް ބޭބެއަށް ނުކުރާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އަދި މައްސަލައާ ގުޅޭ މައުލޫމާތު 1:03 ގައި ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި ފުލުހުން އެތަނަށް ފޮނުވައި ދިނުމަށް އެދުނު ކަމަށާ، 1:08 ގައި ދަނާލަށް ގޮސް، ދަރިވަރު އުޅޭ ކޮޓަރި އަކީ ކޮބައިކަން ކަށަވަރު ކުރެވުނުއިރު 1:32 ވި ކަމަށާ، އެއާއެކު ކޮޓަރިއަށް ގޮސް، ކޮޓަރީގެ ފެންލައިޓުން ކޮޓަރި ތެރެ ބެލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވައި ފުލުހުން ކޮޓަރިއަށް ވަދެފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވަނީ ނަފްސާނީ މައްސަލަތައް ހިމެނޭ އެފަދަ ކަންކަމުގައި ހަގީގަތާ ޚިލާފް ވާހަކަތައް ނުފެތުރުމަށް އެދިފައެވެ. އޭގެ ސަބަބުން އެފަދަ ކަންކަން ތަޖުރިބާ ކުރާ ފަރާތްތަކާއި ހާދިސާ ދިމާވި ދަރިވަރުގެ ޢާއިލާއަށްވެސް ހިތާމަތާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވިއެވެ. 

މިފަދަ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަތައް ފަތުރާއިރު، އެފަދަ ޢަމަލުތަކަށް ހިތްވަރު ދެވޭ ފަދަ ގޮތަކަށް ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.