އީރާނުގެ ބޯޓެއް
ދުނިޔެ
24 Apr 2026 | 10:40
ހޮރްމުޒް ކަނޑުއޮޅީގައި މައިން ވަޅުލާ އީރާނުގެ ބޯޓުތަކަށް ހަމަލާދީ ފައްތާލުމަށް ޓްރަމްޕް އަމުރުކޮށްފި

ހޮރްމުޒް ކަނޑުއޮޅީގައި މައިން ވަޅުލުމުގެ މަސައްކަތްކުރާ އީރާނުގެ ކޮންމެ އުޅަނދަކަށް ހަމަލާދީ ފައްތާލުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުގައި މައިން ވަޅުލާ އީރާނުގެ ކުދި ބޯޓުތަކަށް ވިޔަސް، ހަމަލާދީ ނައްތާލުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި އެއްވެސް ފަސްޖެހުމެއް އޮވެގެން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި ގޮއްވާތަކެތި ނައްތާލުމަށް ކުރާ މަސައްކަތްތައް މިހާރަށްވުރެ ތިން ގުނައަށް އިތުރުކުރުމަށްވެސް ވަނީ އަންގާފައެވެ.

އީރާނުގެ އިސް އޮފިޝަލުން ވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށްވެސް އެ ގައުމުން ފުރިހަމައަށް ރައްދުދޭނެ ކަމަށާއި، ގައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.

މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ އުފުލާ މުހިންމު މަގަކަށްވާއިރު، އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން އީރާނުން ވަނީ އެ ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާގައި ޕެޓްރޯލް ގެލަނެއްގެ އަގު ވަނީ 4 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

ދެ ހަފުތާގެ މުއްދަތަށް އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޓްރަމްޕް މިދިޔަ ބުދަ ދުވަހު އިތުރި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އޮތީ އަސްކަރީ ގޮތުން ހުރަސް އަޅާފައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށޭނީ މި ބްލޮކޭޑް ނުވަތަ ބަންދު އުވާލުމުން ކަމަށެވެ.

ޕެންޓަގަނުން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު އިންޑިއާ ކަނޑުން ދަތުރުކުރި އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަރާ ފާސްކޮށްފައެވެ. އަދި މި ހަފުތާގެ ކުރީކޮޅުވެސް އީރާނުގެ ބައެއް އުޅަނދުތައް އެމެރިކާއިން ހިފަހައްޓާފައިވާއިރު، އީރާނުންވެސް ވަނީ ބައިނަލްއަގުވާމީ ބައެއް އުޅަނދުތައް ހޮރްމުޒް ކަނޑުއޮޅި ސަރަހައްދުން ހިފަހައްޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.