ރައްކާކޮށްފައި ހުރި ލޭ މީހެއްގެ ގަޔަށް އެޅުމުގެ ތެރެއިން..؛ ފޮޓޯ / ސަރުކާރު
ހަބަރު
25 Apr 2026 | 10:03
ތަގައްޔަރުވެފައިހުރި ލޭ އެޅުނު ކަމަށް ދެކެވެމުންދާ ވާހަކަ ބްލަޑް ސާވިސްއިން ދޮގުކޮށްފި

ތެލެސީމިއާ ބަލިމީހުންނަށް ލޭ އެޅުމުގެ ތެރެއިން ކުނިވެ ތަގަްޔަރުވެފައިވާ ލޭ އެޅުނުކަމަށް ދެކެވެމުންދާ ވާހަކަ މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ދޮގުކޮށްފިއެވެ.

ލޭ ރައްކާކުރާ އައިސަލްމާރިއެއް މައްސަލަ ޖެހިގެން ތެލަސީމިއާ ބައެއް ފަރާތްތަކަށް ލޭ އެޅުމުގައި ތަގައްޔަރުވެފައިވާ ލޭ އެޅުނުކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 

މި މަހުގެ 20 ވަނަ ދުވަހު އެޅިކަމަށް ބުނާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޤައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު އެނގޭ ކަމަށެވެ. ބްލަޑް ސާވިސްއިން ބުނީ، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސްއަލަމާރީގައި ޓެކްނިކަލް މައްސަލައެއް އުޅޭކަން އާދިއްދަތުވަހުގެ ރޭ 09:00 ގައި އިދާރާ ބަންދުކުރިފަހުން 10:11 ހާއިރު އެނގިފައިވާކަމަށެވެ. އެކަން އެނގިފައިވަނީ ފިނިހޫނުމިން ބެލުމަށް ގެންގުޅޭ ސިސްޓަމް މެދުވެރިކޮށް ލިބުނު އެލާމިން މެސެޖުންނެވެ. 

ބްލަޑް ސާވިސްއިން ބުނީ އެކަން އެނގުމުން ތިން މުއައްޒަފަކު އެތަނަށްގޮސް ލޭ ޕެކެޓްތައް އެހެން އައިސްއަލަމާރިއަކަށް ބަދަލުކުރި ކަމަށެވެ. މައްސަލަޖެހުނު އައިސްއަލަމާރީގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް އަރާފައި ހުރިކަން ފާހަގަކުރެވުނުއިރު، ލޭ ޕެކްޓްތައް ބަހައްޓަން ޖެހެނީ ދޭއް ނުވަތަ ހައެއް ޑިގްރީ ސެލްސިއަސްއާ ދެމެދުކަމަށެވެ. ލޭ ރައްކާކޮށްފައި ބަހައްޓާ އެއްޗަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށްވުރެ މަތި ނުވާނަމަ، 4 ގަޑިއިރުވަންދެން ރައްކާތެރިކަމާއެކު ބެހެއްޓޭނޭކަމަށް ސިއްހީ މިންގަނޑުތަކުން އެނގެން އޮންނައިރު، މިހާތަނަސް ބެލިބެލުމުން އެ ލެއަކީ ކުނިވެ ތަގައްޔަރުވެފައިވާ ލޭ ނޫންކަން ޔަގީން ކުރެވިފައިވާކަމަށް ބްލަޑް ސާވިސްއިން ބުންޏެވެ.

ބްލަޑް ސާވިސްއިން ބުނީ މައްސަލަ ދިމާވި އައިސްއަލަމާރީގައި ހުރި ލޭ ޕެކެޓް ތިން މީހެއްގެ ގަޔަށް އެޅުނުކަން ފާހަަގަކުރެވިފައިވާކަމަށާއި، އެ ހިސާބުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގޮސްފައިވާކަމަށެވެ. 

ބްލަޑް ސާވިސްއިން ބުނީ، މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެ އިދާރާއިން ތެލިސީމިއާ ކުދީންނަށް ހިއްސާކުރި މައުލޫމާތު ތަކެއް ހިމަނައިގެން ކަމުގެ ހަގީގަތް އޮޅުން އަރާ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާކަމަށެވެ. ތެލިސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކުމެ ދެމުން އަންނަ ލޭ އެޅުން ފަދަ މުހިއްމު ހިދުމަތަކާ ގުޅުވައި، ހިދުމަތް ހޯއްދަވާ ފަރާތްތަކާއި ދިވެހި ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް މައުލޫމާތާއި ހަބަރުފަތުރާ ބައެއް ނޫސް މީޑިއާ ތަކާއި އަދި އެނޫންވެސް ފަރާތްތަކުން ކުރާ ނުރަނގަޅު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ސިއްހީ ހިދުމަތް އެންމެ އެކެށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަގްސަދުގައި ކުރަމުން އަންނަ މަސައްކަތަށް އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.