ވައިޓްހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގެ ތެރެއިން-
ދުނިޔެ
26 Apr 2026 | 07:11
ޓްރަމްޕް ބައިވެރިވި، ’ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ‘ ހިނގަމުންދަނިކޮށް ބަޑީގެ ހަމަލާތަކެއް ދީފި

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ ހިނގަމުންދަނިކޮށް، ހޮޓަލުން ބޭރުގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އެ ސަރަހައްދުން ބޭރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ވޮޝިންގޓަން ހިލްޓަން ހޮޓަލުގައެވެ. އަހަރީ މީޑިއާ ހަފުލާ ފެށުމުގެ ކުރިން ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މޭޒުގައި އިށީނދެގެން ތިއްބާ ބަޑީގެ އަޑު އިވުމާއެކު، ސީކްރެޓް ސަރވިސްގެ އެޖެންޓުން ވަނީ ވަގުތުން އޭނާ އެ ތަނުން ނެރެފައެވެ.

ހާދިސާއާ ގުޅިގެން ޓްރަމްޕްގެ 'ޓްރުތް ސޯޝަލް'ގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާއާއި، ފަސްޓް ލޭޑީ، ނައިބު ރައީސް އަދި ކެބިނެޓްގެ ހުރިހާ މެންބަރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ވަރަށް އަވަހަށް ވައިޓް ހައުސްއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ބުންޏެވެ.

"ފަސްޓް ލޭޑީއާއި، ނައިބު ރައީސްގެ އިތުރުން ކެބިނެޓްގެ ހުރިހާ މެންބަރުން ތިއްބީ ސަލާމަތުން. އަޅުގަނޑުމެން ބައިގަޑިއިރު ތެރޭގައި ތިޔަބޭފުޅުންނާ ބައްދަލުކުރާނަން. ހަފުލާ އިންތިޒާމުކުރި ފަރާތްތަކާ ވާހަކަދެކެވިއްޖެ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މި ހަފުލާ އަލުން ބާއްވާނެ،" ޓްރަމްޕް ބުންޏެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާގެ ސީކްރެޓް ސަރވިސްއާއި ފުލުހުން ދިން އަވަސް އިޖާބައަށް ތައުރީފު ކޮށްފައެވެ.

"އެމީހުން އަމަލުކުރީ ވަރަށް ހުށިޔާރުކަމާއި ހިތްވަރާއެކު. ބަޑިޖެހި މީހާ މިހާރު ވަނީ ހައްޔަރުކޮށްފައި،" ޓްރަމްޕް އިތުރަށް ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބަޑީގެ އަޑު އިވުމާއެކު ހަފުލާގެ ބައިވެރިން ވަނީ "ތިރިވޭ!" އަދި "ތިރީގައި ތިބޭ!" ގޮވަމުން މޭޒުތަކުގެ ނިވަލަށް ވަދެފައެވެ. ޓްރަމްޕް އެ ސަރަހައްދުން ގެންދިއުމާއެކު، ހަތިޔާރު އެޅި އެޖެންޓުން ވަނީ އޭނާ އިން މޭޒު ވަށާލާފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި މަސައްކަތްކުރި އަލްޖަޒީރާގެ ޕްރޮޑިއުސަރ ކްރިސް ޝެރިޑަން ބުނި ގޮތުގައި އޭނާއަށް ފަސް ވަރަކަށް ބަޑީގެ އަޑު އިވުނެވެ.

"އަޅުގަނޑުމެންނަށް ބަޑިބޭހުގެ ވަސް ދުވި. ވަގުތުން އެންމެން ބިމަށް ތިރިވީ. އެ އަޑު އިވުނީ ސީދާ އަޅުގަނޑުގެ ފަހަތުން، ހޯލަށް ވަންނަ ދޮރުމަތިން،" އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.