މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުން --
ހަބަރު
27 Apr 2026 | 16:56
އެމްޑީޕީގެ ޕީޖީގެ އަށް މެންބަރަކު މީކާއީލް އެންޑޯސްކޮށްފި

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް ތާއީދު ކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އަށް މެންބަރަކު ނިންމައިފި އެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރަނީ މީކާއީލްއާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އަލްހާން ފަހުމީވެސް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މީކާއީލް މިއަދު ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ 12 މެންބަރުންގެ ތެރެއިން އަށް މެންބަރުންނާއެކު ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ. އޭނާ ވިދާޅުވީ އެ މެންބަރުންގެ ފުރިހަމަ ތާއީދު އޮތީ އޭނާއަށް ކަމަށެވެ. އެކަމަށް ޝުކުރުވެސް އަދާކުރި އެވެ.

އަދި އޭގެ ފަހުން އެ މެންބަރުން ވަނީ މީކާއީލަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. ތާއީދު ކުރަން ނިންމި ސަބަބުތައް ވެސް ވިދާޅުވެ ދެއްވި އެވެ. ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އޭނާގެ ތާއީދު އޮތީ މީކާއީލަށް ކަމަށާ ޕާޓީއަށް އެންމެ މުހިންމު ވަގުތު މީކާއީލްގެ ހިދުމަތް ލިބުނު ކަމަށެވެ.

އަދި އޭނާ ނިސްބަތްވާ އައްޑޫން މީކާއީލަށް ދެވެން އޮތް ތާއީދެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މީކާއީލް ފަދަ ދެވަނަ ބޭފުޅަކު އިންތިހާބުގައި ވާދަނުކުރާ ކަމަށެވެ.

"މީކާއީލް އަހްމަދު ނަސީމަަށް ނުކުރެވުނު ޗެއާޕާސަން ކަމެއް ކުރެވޭނެ އެހެން މެންބަރަކު މި އެމްޑީޕީގައި މިވަގުތުހުރި ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން," މައުރޫފް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލްވުމުގައި ބައިވެރިނުވަނީ ތިން މެންބަރެކެވެ. އެއީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ.

ޣަފޫރު ބައިވެރިނުވީ އެއީ ވަގުތީ ޗެއަޕާސަންގެ މަގާމުގައި ހުންްނެވީތީ ކަމަށް ބެލެވެ އެވެ. ސަމީރާއި މެންބަރު ކުޑޫގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށް ކަމެއް ސާފެއް ނުވެ އެވެ.

ކޮމެންޓް
ކަބަލުން
ނަޝީދު ޅަކުދިން ނަން ޖާގަދީ ތިމުސްކުޅި މީހާ ފަހަތުގަ މަޑު ޖެހިލަން ވީނުންތޯ.
28 Apr 2026
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި