ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Apr 2026 | 10:17
'އަދަދު' ނޫސް ބަލައިފާސްކޮށް ފުލުހުން ހިންގާ ތަހުގީގަކީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް: ވަޒީރު އިޙްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް "ޒިނޭ" ފަދަ ބޮޑެތި ތުހުމަތުތަކެއްކޮށް ދޮގު މަޢުލޫމާތު ފެތުރި މައްސަލައިގައި، 'އަދަދު' ނޫސް ބަލައިފާސްކޮށް ފުލުހުން ހިންގަމުންދާ ތަޙުޤީޤަކީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫނެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ރިޢާޔަތްކުރައްވާފައެވެ. އެގޮތުން:

27 ވަނަ މާއްދާ: އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

28 ވަނަ މާއްދާ: ޚަބަރާއި މަޢުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް ފެތުރުމުގެ މިނިވަންކަން ނޫސްވެރިކަމަށް ލިބިގެންވެއެވެ.

33 ވަނަ މާއްދާ: ކޮންމެ މީހަކަށްމެ އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ހަދައިގެން ބޮޑެތި އިތުރުފުޅުތައް ހިމެނޭ ތުހުމަތުތައް ފެތުރުމަކީ ނޫސްވެރިކަން ނޫން ކަމަށެވެ.

އަދި ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ޤާނޫނުގެ އިސްތިިޤްލާލު ދެމެހެއްޓުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނުއަސާސީީ ޙައްޤުތައް ހިމާޔަތްކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިނިވަންކަމާއެކު ޒިންމާދާރުކަން އޮންނަންވާނެ. ޖަވާބުދާރީވުމެއް ނެތް މިނިވަންކަމެއް ނޯންނާނެ. ޤާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ،" ވަޒީރު އިޙްސާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީސް ބަލައިފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އަދަދު ނޫސް ބަލައިފާސް ކުރީ ފުލުހުން ހިންގަމުންދާ ޖިނާޢީ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. 

އަދަދުން، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތެއް ކޮށް ޑޮކިއުމަންޓްރީއެއް ހެދި މައްސަލާގައި އޭގައިވާ ހުރިހާ ވާހަކަތަކެއް ދޮގުކޮށް އެ ދޮގު ފެތުރި އެންމެންގެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
އަތަފަަނި
އާއްމުންގެ މައްސަލަ ތަށްވެސް ތިހާ ސީރިއަސް ކޮށް ނުބެކލެނީ ކީއއވެ؟
28 Apr 2026
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި