އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ހަބަރު
28 Apr 2026 | 11:28
ޚިޔާލު ފާޅުކުރަން ވާނީ އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުގެ ތެރެއިން; ނޫނީ މުޖުތަމަޢު ހަލާކުވެދާނެ: ޑރ. ޝަހީމް

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށާއި، ނަމަވެސް އެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުތަކުގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މިނިވަންކަން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ވެސް ނޫސްވެރިކަމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަށް އޮތް ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ނޫސްވެރިކަމަކީ މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންކަމާއި، ކޮރަޕްޝަނާއި، ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމީ އަގުހުރި މަސައްކަތެއް ކަމަށެވެ.

”މީސްމީޑިއާ އާއި ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްގެން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމާއި، އިސްލާމްދީނާއި ޤާނޫނާ ޚިލާފަށް މީހުން ބުލީކުރުމާއި ފުރައްސާރަކުރުމަކީ މުޖުތަމަޢު ފަސާދަވާނެ ކަމެއް“ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސީދާ ސުވާލުތަކަށް ޖަވާބުދެއްވައި، ވަޒީރުން ވެސް އެގޮތަށް ޢަމަލުކުރެއްވުމަށް ބާރުއަޅުއްވާ ކަމަށެވެ. މަޢުލޫމާތު ހާމަކުރުމާއި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރަކަށް އައިސް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުން ރައީސް ޑރ. މުޢިއްޒަށާއި، އެމަނިކުފާނުގެ ޢާއިލާއަށާއި، ބައެއް ވަޒީރުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް އަމާޒުކޮށް، މީގެ ކުރިން ރާއްޖޭގައި ނުދެކޭ މިންވަރަށް ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި، ޒާތީ ގޮތުން ދިމާކުރަމުންދާ ދިއުމަކީ ހިތާމަހުރި ކަމެކެވެ. މިއީ އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

”މީހުންނަށް ފުރައްސާރަކުރުމާއި، އަބުރަށް އަރައިގަތުމާއި، ދޮގު ޚަބަރު ފެތުރުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ނަހީކުރައްވާފައިވާ ކަންކަން. އިންސާނެއްގެ އަބުރާއި ޢިއްޒަތަކީ އެމީހެއްގެ އެންމެ ބޮޑު ރައުސްމާލު ކަމަށްވާއިރު، އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ މަތިވެރި މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް“ ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމްގެ ވަނީ ހެޔޮ ގޮތުގައި މަސައްކަތްކުރައްވާ އެންމެހައި ނޫސްވެރިންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރައްވާކަމަށާއި، ނޫސްވެރިކަމަކީ އަދަބިއްޔާތުގެ ތެރޭގައި ނަޤުދީ ވިސްނުމާއި ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ވެއްޖެ ނަމަ މުޅި މުޖުތަމަޢަށް ފައިދާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި