ކޯރާ ކޯރާ ކުޅުންތެރިން އުފާފާޅުކުރަނީ..
ކުޅިވަރު
29 Apr 2026 | 07:34
އެމްޖޭއެސް ރާބަދި ޗެލެންޖް؛ ފައިނަލުގައި ކޮތައިފަރާ ދެކޮޅަށް ނިކުންނާނީ ކޯރާ ކޯރާ

ރ.މީދޫގައި މިހާރު ކުރިއަށްދާ އެމްޖޭއެސް ރާބަދިޗެލެންޖް 2026 ގެ ފައިނަލުގެ ފަހު ޖާގަ ކޯރާ ކޯރާ މޯލްޑިވްސް ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް ކޯރާ ކޯރާ ދަތުރުކުރީ ރޭ ޖޯލި މޯލްޑިވްސްއާ ދެކޮޅަށް ކުޅުނުމެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މެޗްގައި ކޯރާ ކޯރާއަށް ގޯލް ހުޅުވާލަދިނީ، މެޗް ފެށިތާ ކުޑަ ވަގުތުކޮޅެއްގައި މުހައްމަދު އިސާމެވެ. ފުރަތަމަ ލަނޑު ޖެހިތާ 15 މިނެޓް ނުވަނީސް އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީގް ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއިންނެވެ.

ދެވަނަ ހާފް ފަށައިގެން ރައުލް ނިޔާޒް ވަނީ 30 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 3-0 ކަށް ބަދަލުކޮށްފައެވެ. މި މެޗްގައި ޖޯއްޔަށް ސުންކަނޑުވާލަދިނީ މުހައްމަދު ހާތިމް އެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ލަނޑު ޖެހި އިސާމެވެ. އިސާމަކީ މުބާރާތުގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އިސާމް ވަނީ 7 ލަނޑު ޖަހާފައެވެ. އަދި ލަނޑުޖަހަން އެންމެގިނަ އެސިސްޓް ކޮށްދިން ކުޅުންތެރިޔާއެވެ. 

އެމްޖޭއެސް ރާބަދި ޗެލެންޖުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ކޯރާ ކޯރާގެ ރައުލް އެވެ. އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ. އަދި ގޯލަށް އަމާޒުކޮށް އެންމެ ގިނަ ހަމަލާ ފޮނުވާލާފައި ވަނީވެސް ރައުލް އެވެ. އޭނާގެ ޝޮޓް ޓާގެޓް އުޅެނީ 17 ގައެވެ.

އެމްޖޭއެސް ރާބަދި ޗެލެންޖުގެ ފައިނަލްމެޗް އޮންނާނީ މާދަމާ ރެއެވެ. ފައިނަލުގައި ކޯރާ ކޯރާ މޯލްޑިވްސް ނިކުންނާނީ، އަލިއާ ކޮތައިފަރު މޯލްޑިވްސް އާ ދެކޮޅަށެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ، ރ.މީދޫ ފުޓްސަލް ދަނޑުގައި 21:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ