ހިޔުމަނޮއިޑް ރޮބަޓެއް
ދުނިޔެ
29 Apr 2026 | 10:57
ޖަޕާނުގެ ހަނީޑާ އެއާޕޯޓުގައި މަސައްކަތްކުރުމަށް "ހިއުމަނޮއިޑް" ރޮބޮޓްތަކެއް ޓެސްޓުކުރަން ފަށަނީ

ޖަޕާނުގެ ޓޯކިޔޯގައި އޮންނަ ހަނީޑާ އެއާޕޯޓުގައި ގްރައުންޑް ހޭންޑްލިންގް މަސައްކަތްތައް ކުރުމަށް އިންސާނުންނާ އެއްގޮތް ސިފަ ހުންނަ "ހިއުމަނޮއިޑް" ރޮބޮޓްތަކެއް ބޭނުންކުރަން ފެށުމަށް ޖަޕާން އެއާލައިންސް (ޖޭ.އޭ.އެލް) އިން ނިންމައިފިއެވެ.

އަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ މި މަސައްކަތަކީ ޖަޕާނަށް ކުރިމަތިވެފައިވާ މަސައްކަތްތެރިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޓްރަޔަލްއެކެވެ.

ޗައިނާގެ "ޔުނިޓްރީ" ކުންފުނިން އުފައްދާފައިވާ 130 ސެންޓިމީޓަރުގެ އިސްކޮޅު ހުންނަ މި ރޮބޮޓްތައް ބޭނުންކުރާނީ ފަސިންޖަރުންގެ ފޮށްޓާއި މުދާ އެއާޕޯޓުގެ ރަންވޭ ސަރަހައްދުގައި އުފުލުމަށެވެ. އަހަރަކު 60 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ބޭނުންކުރާ ހަނީޑާ އެއާޕޯޓުގައި މި ތަޖުރިބާ 2028 ވަނަ އަހަރާ ހަމައަށް ކުރިއަށްދާނެއެވެ.

ޖޭ.އޭ.އެލް އާއި އެ ކުންފުނީގެ ބައިވެރިއެއް ކަމަށްވާ "ޖަޕާން އެއާލައިންސް ޖީ.އެމް.އޯ އިންޓަރނެޓް ގްރޫޕް" އިން އުންމީދު ކުރަނީ، ފަތުރުވެރިން އިތުރުވަމުންދާ މި ދަނޑިވަޅުގައި މި ރޮބޮޓްތަކުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަވެގެންދާނެ ކަމަށެވެ. މި ހަފުތާގައި މީޑިއާއަށް ދައްކާލި މަންޒަރުތަކުން ފެންނަ ގޮތުގައި، މި ރޮބޮޓްތައް ވަނީ މަތިންދާބޯޓު ކައިރީގައި ހުރި ކޮންވެޔަރ ބެލްޓަކަށް މުދާ އެރުވުމުގެ މަސައްކަތް ކޮށްފައެވެ.

ޖޭ.އޭ.އެލް ގްރައުންޑް ސާވިސްގެ ރައީސް ޔޮޝިތެރޫ ސުޒުކީ ވިދާޅުވީ، ހަށިގަނޑަށް ބުރަ މަސައްކަތްތައް ކުރުމަށް ރޮބޮޓް ބޭނުންކުރުމަކީ މުވައްޒަފުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. ނަމަވެސް ސަލާމަތީ ކަންކަން ބެލެހެއްޓުން ފަދަ މުހިންމު ޒިންމާތައް އަދިވެސް އަދާކުރާނީ އިންސާނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ބޯޓުތަކުގެ ކެބިން ސާފުކުރުމަށާއި އެހެނިހެން ގްރައުންޑް ސަޕޯޓް މަސައްކަތްތަކަށްވެސް މި ރޮބޮޓްތައް ބޭނުންކުރަން އެއާލައިނުން ރާވާފައިވެއެވެ.

ޖީ.އެމް.އޯ އޭ.އައި އެންޑް ރޮބޮޓިކްސްގެ ރައީސް ޓޮމޯހީރޯ އުޗިދާ ވިދާޅުވި ގޮތުގައި، އެއާޕޯޓުތަކުގެ ބޭރުފުށުން އޮޓޮމޭޓިކް ކަންތައްތަކެއް ފެނުނު ނަމަވެސް، އެތެރޭގެ ގިނަ މަސައްކަތްތަކަކީ އަދިވެސް އިންސާނުންގެ ބުރަ މަސައްކަތުން ކުރާ ކަންތައްތަކެވެ.

ޖަޕާނުގެ އާބާދީ ދަށަށް ދިއުމާއި މަސައްކަތްކުރާ އުމުރުގެ މީހުން މަދުވުމުގެ ސަބަބުން އެ ޤައުމަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ދެ މަސްދުވަހު އެކަނިވެސް 7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޖަޕާނަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް އެ ޤައުމުގެ އިޤްތިޞާދީ އަމާޒުތަކަށް ވާސިލްވުމަށް 6.5 މިލިއަނަށްވުރެ ގިނަ ބޭރުގެ މަސައްކަތްތެރިން ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ. އިންސާނުންނާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ރޮބޮޓްތަކަކީ މެދުކެނޑުމެއްނެތް ގޮތުގައި ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތަކަށް މަސައްކަތްކުރުމުގެ ގާބިލްކަން ލިބިފައިވާ އާލާތްތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.