ރާބަދިޗެލެންޖްގެ ޗެމްޕިއަންކަން ކޯރާ ކޯރާއިން އުފުލާލަނީ
ކުޅިވަރު
01 May 2026 | 09:43
އެމްޖޭއެސް ރާބަދި ޗެލެންޖުގެ ޗެމްޕިއަންކަން ކޯރާ ކޯރާ މޯލްޑިވްސް ހޯދައިފި

އެމްޖޭއެސް ރާބަދި ޗެލެންޖް 2026 ވަނަ އަހަރުގެ ތަށި ކޯރާ ކޯރާ މޯލްޑިވްސްއިން ހޯދައިފިއެވެ.

މި މުބާރާތުގެ ތަށި ކޯރާ ކޯރާއިން ހޯދާފައިވަނީ ފައިނަލުގައި މިރޭ ކޮތައިފަރާ ދެކޮޅަށް ކުޅުނުމެޗް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ކޯރާ ކޯރާއިން ކާމިޔާބުކުރީ، 2-8 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ހާފް 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، މެޗްގެ ނަތީޖާ ފެނިގެންގޮސްފައިވަނީ ދެވަނަ ހާފްގެ ތެރޭގައެވެ. 

ފުރަތަމަ ހާފްގައި ކޯރާ ކޯރާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ރައުލް ނިޔާޒް އަދި ހަސަން ޒައިދާނެވެ. މެޗްގެ ވަރަށް ކުރީކޮޅު ކޯރާކޯރާއިން ދެ ލަނޑު ޖަހާފައިވަނިކޮށް، ކޮތައިފަރަށް އެއްވަރުކޮށްދިނީ، އަހުމަދު ނާހީ އާއި މުހައްމަދު އިރުޝާމެވެ. މެޗްފައި ދެން ކޯރާ ކޯރާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، މުހައްމަދު އިސާމް، ހަސަން ޒައިނާން އެވެ. 

މެޗްގައި ކޯރާ ކޯރާ މޯލްޑިވްސްގެ ހަސަން ޒައިދާން ވަނީ 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އަދި އިސާމް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޒައިދާން އެވެ.

ފައިނަލްމެޗަށްފަހު ޗެމްޕިއަން ޓީމަށް ތައްޓާއި އެނޫންވެސް ވަނަތައް ވަނީ ހޮވާފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޖޯލި ބީންނެވެ. ބެސްޓް ސަޕޯޓިން ޓީމަކަށް ކޯރާ ކޯރާ ހޮވުނުއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ކޯރާ ކޯރާގެ ރައުލް އެވެ. 

ރަނަރަޕް ޓީމް އަލިއާ ކޮތައިފަރު

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

- މުހައްމަދު އިރުޝާމް - ކޮތައިފަރު

- އަހުމަދު ނާހީ - ކޮތައިފަރު

- އިބްރާހިމް ނަދީމް - ޖޯލި އެމްވީ

- މުހައްމަދު އިސާމް - ކޯރާ ކޯރާ 

- ރައުލް ނިޔާޒް - ކޯރާ ކޯރާ

މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކޯރާ ކޯރާގެ ޖައިޝް ޝަރީފެވެ. މުބާރެާތުގެ އެންމެ ޝަރަފްވެރި ވަނަކަމަށްވާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ފުޓްސަލް ކިންގްގެ މަގާމް މިފަހަރުވެސް ހޯދީ ކޯރާ ކޯރާގެ މުހައްމަދު އިސާމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އިޝާމް އޭނާގެ މަގާމާއެކު...

އެމްޖޭއެސް ރާބަދި ފުޓްސަލް ޗެލެންޖަކީ، ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް ފެތުރިފައި އޮތް ރ. އަތޮޅުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. ރިސޯޓްތަކުގެ މުއައްޒަފުންގެ ހުރި ހުނަރު ދައްކާލުމާއި އެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ