ފައްޔާޒު އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
01 May 2026 | 14:00
ދޮގެއް ވިޔަސް، ތެދެއް ވިޔަސް، ޚަބަރު ފަތުރައިގެން ނޫސްވެރިންނަށް ޖިނާޢީ ފިޔަވަޅެއް އަޅައިގެން ނުވާނެ: ފައްޔާޒު

ދޮގު ޚަބަރެއް ވިޔަސް ތެދު ޚަބަރެއް ވިޔަސް، އެ ފަތުރާ ޚަބަރަކާއި ގުޅިގެން ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ދުވަސްވަރަކީ ނޫސްވެރިކަމަށާ، މައުލޫމާތު ހޯދުމަށްވެސް އެންމެ ގިން ދަތިތަކާ ކުރިމަތިވަމުންދާ ދުވަސްތައް ކަމަށެވެ. އެގޮތުން މިދިޔަ ދޮޅުއަހަރެއްހާ ދުވަސްތެރޭ ނޫސްވެރިކަމާ ގުޅޭ ގިނަކަންކަން ހިނގާފައިވާ ކަމަށާ، މަޖިލީހުގެ ތެރެއިން ނޫސްވެރިކަމާގުޅޭ ގިނަ ގާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.  

މިއާއެކު ފައްޔާޒު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި، އަދަދު ނޫހުން ހެދި ވީޑިއޯ އަކާއި ގުޅިގެން އެ ނޫހުގެ އޮފީސް ބަލައިފާސްކޮށް ނޫހުގެ ވެރިންނާ ދެކޮޅަށް ޖިނާޢީ ދައުވާ ކުރާ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. 

އަޅުގަނޑު އަބަދުވެސް ޤަބޫލު ކުރަނީ ދޮގު ހެދިކަމުގައި ވިޔަސް، ތެދުހެދި ކަމުގައިވިޔަސް ނޫސްވެރިންނާ ދޭތެރޭ ޖިނާޢީ ފިޔަވަޅު އެޅިގެން ނުވާނެކަން. އެއީކީ އެކަން ރަނގަޅުވެގެންނެއް ނޫން. ދޮގު މައުލޫމާތު ފެތުރުން ރަނގަޅުވެގެންނެއް ނޫން. ޑިމޮކްރަސީ ހިފެހެއްޓުމަށްޓައި، ޚުދުމުޚުތާރު ވެރިންގެ ކިބައިން، ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެ ޖާގަ ތަންމިނަށް ނޫސްވެރިންނަށް ދޭންޖެހޭ.

ފައްޔާޟް އިސްމާޢީލް

ދޮގު ޚަބަރު ފަތުރައިގެން ނޫސްވެރިންނަށް ފިޔަވަޅު އެޅުން ރަނގަޅު ނުވާ ސަބަބުގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވީ، ތެދު ޚަބަރު ފަތުރާ ފަރާތްތަކާމެދުވެސް ގާނޫނުތަކުގެ ބޭނުން ކޮށްގެން ފިޔަވަޅުއެޅުމެވެ. 

އެހެން ނޫން ކަމަށްވިއްޔާ ވާނެ ގޮތަކީ ތެދުހެދިޔަސް ގާނޫނުތަކެއް ބޭނުންކޮށްގެން ޚުދުމުޚުތާރުވެރިން އަބަދުވެސް މަސައްކަތްކުރާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން. 

ފައްޔާޟް އިސްމާޢީލް

މިއާއެކު ފައްޔާޒު ވިދާޅުވީ މުޖުތަމަޢުގައި ތެދު ޚަބަރު ފެތުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ސަރުކާރުން ނޫން ކަމަށާ އެއީ ނޫސްވެރިން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެއީ ދުނިޔޭގެ އެހެން ގައުމު ތަކުގައިވެެސް އެކަން ކުރާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
މޯޑް
މިވަރުގެ މީހުން ފަހަތުން ސަނާކިޔަމުން މީހުން މި ދުވެނަގަނީ ދީނަށްވުރެ މިހާރު ސިޔާސީ ގޮތުން ކަން އޮތް ގޮތް ދިވެހީންނަށް މާ މުހިންމު
01 May 2026
މޫސާރަޝީދު
އަޅަންޖެހޭ
01 May 2026
ރަސީދު
ފައްޔާޒު ކަލޭ ތީފަހެ މުސްލިމެއްތަ؟؟؟!!! އިސްލާމްދީނުގައި ޖިނާއީ ކުއްތަކެއް ހުންނަކަން ކަލޭގެ ޖާހިލު ކަމުން ނޭގުމަކީ އިސްލާމީ ޤައުމެއްގައި ކަލޭތިބުނާ ގޮތށް ޢަމަލު ކުރެވޭނެ ހަމައެއްނޫން.
01 May 2026
ހުސޭނުބެ
އެހެންތަ! ދޮގު ފެތުރުމުން މީހުނަށް ލިބޭ ގެއްލުން ތިޔަ ބުނާ ޖިނާއީ ކުށްތަކަށްވުރެން ބައެއްފަހަރު މާބޮޑެވެ. އެހެންމީހުނަށް ކުށްކަށްވެފައި ނޫސްވެރިންނަށް ނުވާންވީ ސަބަބެއް ނޭގެއެވެ!
01 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ