ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން ކުރިއަށްގެންދާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ރޭގައި ފަށައިފިއެވެ.
ފުޓްސަލް ފިއެސްޓާ ފެށުމަށް ރޭ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތޮލާލެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވިކްޓްރީ ޝީލްޑް މެޗް ކުޅެފައިވާއިރު، އެ މެޗުގައި ވާދަކުރީ 2024 ވަނަ އަހަރުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަން ޓީމް އާއި 2025 ވަނަ އަހަރުގެ ޗެންޕިއަން ޓީމެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި އަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން ޖުމުލަ 31 ޓީމު ބައިވެރިވެފައިވެއެވެ.
މި އަހަރުގެ މުބަރާތުގެވެސް ޓައިޓަލް ސްޕޮންސާ އަކީ ދިރާގެވެ. އަދި ލައިފް ސްޓައިލް ޕާރޓްނަރެއްގެ ގޮތުގައި އީޒެޕް، އެސޯސިއޭޓް ޕާރޓްނަރަކަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން، މީޑިއާ ޕާރޓްނަރަކަށް ވޮއިސް، އަދި ސްޕޮންސަރެއްގެ ގޮތުގައި ތޫލް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists