އެމްޑީޕީން ކުރި މުޒާހަރާއެއްގެ ތެރެއިން، ރައީސް ނަޝީދު؛ ފޮޓޯ / ވޮއިސް
ހަބަރު
02 May 2026 | 09:52
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ރައީސް ނަޝީދުގެ ޓީމުން ފައިސާ އެއްކުރަން ފަށައިފި

ކުރިއަށް އޮތް އެމްޑީޕީ ޗެއަރޕާސަން ހޮވުމުގެ އިންތިހާބު، ފައިސާ ނެތުމުގެ ސަބަބުން ފަސްކުރަން އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ހުށެހެޅުމުން، އިންތިހާބު ފަސްކުރުމާއި ދެކޮޅު ހަދައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އިސްނަގައިގެން އިންތިހާބު ތާވަލާއި އެއްގޮތަށް ބޭއްވުމަށް ފައިސާ އެއްކުރަން ފަށައިފިއެވެ.

މި މަސައްކަތް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ފެށީ، އިއްޔެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ޤަފޫރު މިވަގުތު އިންތިހާބެއް ބޭއްވުމަށްޓަކައި ޕާޓީގައި ފައިސާ ނެތުމުގެ ސަބަބުން އިންތިހާބު ފަސްކުރުމަށް ހުށެހެޅުމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނާގޮތުގައި އިންތިހާބު ފަސްކުރަން ހުށެހެޅީ، ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ހޮވިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މީކާއިލް ނަސީމް އާއި ރައީސް ސާލިހް އަށް އޮތުމުންނެވެ. އަދި އެ ބޭފުޅުން ފާހަގަކުރާ ގޮތުގައި، މި ނިންމެވުމަކީ ވަކި ބަޔަކަށް ފައިދާކުރާނެ ނިންމުމެކެވެ. އެގޮތުން، އިންތިހާބު ލަސްނުކޮށް ބޭއްވުމަށްޓަކައި އެ ބޭފުޅުން ވަނީ އިންތިހާބަށް ބޭނުންވާނެ ފައިސާ ހޯދުމަށްޓަކައި ރުފިޔާ އެއްކުރުމުގެ މަސައްކަތް ފަށާފައެވެ.

މިހާރު އޮތް ގޮތުން ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ 12 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. މި އިންތިހާބުގައި ވާދަކުރައްވަން ރައީސް ނަޝީދުގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އާއި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހްމީވެސް ވާދަކުރަން ނިންމިއެވެ. ނަމަވެސް، އަލްހާނުގެ ނިންމުން އަނބުރާ ގެންދިއުމުގެ ސަބަބުން އިންތިހާބުގައި މިހާރު ވާދަކުރައްވަނީ ހަމައެކަނި ރައީސް ނަޝީދާއި މީކާއިލްއެވެ.

މި އިންތިހާބުގައި ވާދަކުރައްވާ 2 ކެނޑިޑޭޓުން ވެސް ކެމްޕެއިން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންދާއިރު، މީކާއިލް ވެސް ވަނީ އިންތިހާބު ފަސްކުރުމާއި ދެކޮޅު ހައްދަވާފައެވެ. ނަމަވެސް، މިކަމާއި ގުޅޭ ގޮތުން ރައީސް ސާލިހް އެއްވެސް އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.