ރޯދަމަހު ގޭބިސީތަކަށް ބެހުމަށް ސަރުކާރުން ދިން މަސްދަޅުކޭސްތަކެއް... ފޮޓޯ: އެސްޓީއޯ
ހަބަރު
05 May 2026 | 14:01
ބާކީހުރި މަސްދަޅުތައް، އަވަހަށް ބަލާ އަންނަ ބަޔަކަށް ދީ ހުސްކޮށްލުމަށް ދުވާފަރު ކައުންސިލުން ނިންމައިފި

މިދިޔަ ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ދޫކުރުމަށް ފޮނުވި މަސްދަޅުގެ ތެރެއިން ބާކީހުރި މަސްދަޅު އަވަހަށް ބަލާ އަންނަ ބަޔަކަށް ދީ ހުސްކޮށްލުމަށް ދުވާފަރު ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ދުވާފަރު ކައުންސިލުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދުވާފަރު ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރި މަސްދަޅު ކޭސްތަކުގެ ތެރެއިން ބާކީހުރި މަސްދަޅުތައް ރަމަޟާންމަހު މަސްދަޅުބެހި ގޭބިސީ ލިސްޓަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މަސްދަޅުގެ އިތުރުން ކަދުރު ބެހުމަށްވެސް ވަނީ ނިންމާފައެވެ.

އެގޮތުން ލިބިފައިހުރި ކަދުރު އަދަދު ހުސްވަންދެން އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ދޫކުރުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ. މަސްދަޅުތައްވެސް އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ބެހުމަށް ނިންމާފައިވާއިރު، މަސްދަޅު ބަހާނީ ކޮންމެ ގޭބިސީއަކަށް 3 މަސްދަޅުގެ ރޭޓުންކަމަށްވެސް ދުވާފަރު ކައުންސިލުން ބުނެއެވެ.

ދުވާފަރު ކައުންސިލުން ބުނީ މަސްދަޅު ދޫކުރުމުގެ އިންތިޒާމް މާދަމައިން ފެށިގެން މިމަހުގެ 11 ވާ ހޯމަދުވަހުގެ ނިޔަލަށް، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9 އަކުން 1 ޖެހުމާހަމަޔަށް ކުރިއަށްދާނޭކަމަށެވެ.

ސަރުކާރުން ވަނީ ނިމިގެންދިޔަ ރަމަޟާންމަހު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޫކޮށްފައެވެ. ނިމިގެންދިޔަ ރަމަޟާންމަހު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ދޫކުރިއިރު، އޭގެ ކުރީ އަހަރުގެ ރަމަޟާންމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މަސްދަޅު ދޫކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.