ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފެށުން --
ހަބަރު
05 May 2026 | 15:49
ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފަށައިފި

ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ސްރީލަންކާގައި ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މި ދެ ހިދުމަތް ފެށުމަށް މިއަދު ވަނީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.

އެ ދެ ހިދުމަތް ފެށުން އިފްތިތާހު ކުރުމުގެ ގޮތުން ދެ ދިވެއްސަކަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދީފައިވެ އެވެ.

މީގެ ކުރީން މެލޭޝިޔާގައި ވެސް ވަނީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް އެ ގައުމުގައި ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެއީ ބޭރު ގައުމަކުން ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ހެއްދުމާއި ދޫކުރުން އަދި ޕާސްޕޯޓްގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jun 2026
ރޮނާލްޑޯ އެނބުރި ފޯމަށް، އުޒްބެކިސްތާނު އަތުން ޕޯޗްގަލްއަށް ބޮޑު މޮޅެއް
މިމެޗްގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި އޭނާއަށް ލަނޑު ނުޖެހޭކަމަށް ދައްކަމުންގެންދާ ވާހަކަތަކަށް ރައްދު ދީފައެވެ
23 Jun 2026
އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ
އެ ބަދަލާއެކު މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
23 Jun 2026
ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަން އެެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު
ނަމަވެސް އިމާޖަންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
23 Jun 2026
ދިހަ ރަށެއްގައި ނާސަރީ ގާއިމުކުރަނީ، ކޮންމެ ރަށަކަށް ފަސްލައްކަ ރުފިޔާ
ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.
23 Jun 2026
ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއެކު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
23 Jun 2026
އީސީއަށް ވަޑައިގަތުމަށް ޝަކީލް، އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ޝަކީލް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ޝަކީލް އިސްތިއުފާ ދެއްވީ އީސީގެ މެންބަރު ކަމަށް ވަޑައިގަތުމަށެވެ.
23 Jun 2026
ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
ޒަކާތު ފަންޑުން ބުނީ، 2024 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 21 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ
23 Jun 2026
ހިމަބިހި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ
ދެމީހުންވެސް ފެނިފައިވަނީ މާލެ ސަރަހައްދުންކަމަށް އެޗްޕީއޭއިން ބުންޏެވެ