ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިއާ
ހަބަރު
05 May 2026 | 16:50
ރާއްޖެއާ ގުޅިގެން ދެ ޤައުމަށްވެސް ފައިދާވާނެ ގިނަ ކަންކަން ކުރެވިދާނެ: ލަންކާގެ ބޮޑުވަޒީރު

ދިވެހިރާއްޖެއާ ސްރީލަންކާ އާ ދެ ޤައުމު ގުޅިގެން ދެ ޤައުމަށް މަންފާވާނޭ ގިނަ ކަންތައްތަކެއް ކުރެވިދާނޭކަމަށް އަވައްތެރި ސްރީލަންކާގެ ބޮޑުވަޒީރު ޑރ.ހަރިނީ އަމަރަސޫރިއާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވިގެންދިޔަ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ރާއްޖެއާ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ. އަދި ރާއްޖެ އާއި ލަންކާ ގުޅިގެން ވިޔަފާރިއާއި އިގްތިސާދީ ގުޅުން ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދައްކަވާފައެވެ.

ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި ލަންކާގެ އެންމެ ގާތް އަދި ޒަމާންވީ ވިޔަފާރީގެ އެއް ބައިވެރިޔާކަން ފާަހަގަކުރައްވަމުން ބޮޑުވަޒީރު ޑރ.ހަރިނީ ވިދާޅުވީ، ދެ ޤައުމުގެ ގުޅުމަށް އެތައް ސަތޭކަ އަހަރެއް ވެފައިވާއިރު، ދެ ޤައުމުގެ ދެެމދު އޮތް ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރެވިދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަކީ ސްްރީލަންކާ އާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާ މުހިންމު ސިނާއަތެއް ކަމަށާއި، ރާއްޖޭގެ ދުނިޔެ ގަބޫލުކުރާ ފަތުރުވެރިކަމުގެ ކާމިޔާބީގައި ސްްރީލަންކާގެ ބައެއް ކުންފުނިތަކުން ވެސް  އިންވެސްޓްކޮށްފައިވާކަމަށެވެ. އެގޮތުން އަދިވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ދެ ޤައުމު ގުޅިގެން އިތުރަށް  މަސައްކަތް ކުރުމުގެ އަގުހުރި ފުރުސަތުތައް ހުރިކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު 137 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއަކީ އޭގެ އަސްލު ގާބިލިއްޔަތަށްވުރެ މާ ދަށް އަދަދެއްކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު ހަރިނީ ވިދާޅުވީ، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް އަދިވެސް ބައިވަރު ފުރުސަތުތައް އެބަހުރިކަމަށެވެ.

ހާއްސަކޮށް ކާބޯތަކެއްޗާއި މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ދާއިރާއާއި، ބްލޫ އިކޮނޮމީ އާއި، އަދި އިއާދަކުރަނިވި ހަކަތަ ފަދަ އެތައް ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް. ޖަޒީރާ ގައުމުތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ މުއްސަނދި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން، ދެމެހެއްޓެނިވި މަސްވެރިކަމާއި މެރިކަލްޗާ ފަދަ ދާއިރާތަކުން ފަންނީ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްގެން ވަރުގަދަ ބައިވެރިވުންތަކެއް އުފެއްދިދާނެ

ސްރީލަންކާގެ ބޮޑުވަޒީރު ޑރ.ހަރިނީ އަމަރަސޫރިއާ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވަނީ ރާއްޖެއާ ސްރީލަންކާ އާ ދެމެދު އޮންނަ ގުޅުމަކީ ހުރިހާ ގިތަކުން ބެލިނަމަވެސް ނަމޫނާ ގުޅުމެއްކަން ފާހަގަކުރައްވައި ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ ފާަހގަކުރެވިފައިވަނީ ސްރީލަންކާގެ ފަންނީ މުވައްޒަފުންގެ މެދުގައި އަގުވަޒަންކުރެވޭ ޤައުމަކަށް ކަން ވަޒީރު ވިދާޅުވިއެވެ. މިހާރުވެސް 20،000 އަށްވުރެ ގިނަ ލަންކާ މީހުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރުގައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރި ވަމުންގެންދާކަމަށް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ލަންކާގެ މަސައްކަތްތެރިންނަށް ރާއްޖެއިން ދޭ އެހީތެރިކަމާއި މެހެމާންދާރީއަށް އަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މިފަހުން ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ވިއްސާރާގައި ރާއްޖެއިން ލިބުނު އެހީތެރިކަމުގެ ވާހަކަވެސް ދައްކަވާފައެވެ. އެގޮތުން ދިވެހި ސަރުކާރާއި، ވިޔަފާރިވެރިންނާއި، ރައްޔިތުން ސްްރީލަންކާއާށް ދިން އެހީން ހާމަވީ މިއީ އާދައިގެ އެއްބާރުލުމަކަށްވުރެ ބޮޑު ވަރުގަދަ ރަހުމަތްތެރިކަމެއްގެ ގޮތުގައި ކަމަށެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ހަރިނީ ވަނީ ރާއްޖެއިން ވިޔަފާރިކުރުމުގައި ސްރީލަންކާ ހިޔާރުކޮށް، ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް އިތުރުކުރުމަށް އެދިވަޑައިގަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.