ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހަބަރު
05 May 2026 | 20:30
އެސްއީޒެޑްގެ އިސްލާހުތަކާއެކު ތަރައްގީގެ ދެން އޮތް ފިޔަވައްސަށް ގެންގޮސްދޭނެ: ރައީސް

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްޤީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ތަޤުރީރުކުރައްވަމުންނެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްގެންދިޔަ މި ފޯރަމުގައި އެމަނިކުފާނު ވިދާޅުވީ، 2040 ގެ ތަސައްވުރަކީ އާރުކާޓީއެއްކަމުގައި ބަލައިގެން، ދިވެހިރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި ކަމަށެވެ. އަދި ފުރިހަމައަށް ތަރައްޤީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. 2040 ގެ ތަސައްވުރުގެ މުގުލުގައިވަނީ، ތަރައްޤީ ބައްޓަންކުރަންވާނީ ރައްޔިތުންގެ މަސްލަހަތުތައް އިސްކޮށްގެން، ފަންނިއްޔާތުގެ އެހީގައި ކަންކަން ފަހިކޮށްދީގެން، އަދި ތިމާވެށީގެ ކަންބޮޑުވުންތަކަށް ޒިންމާދާރުވާނޭ ގޮތެއްގައިކަމަށް ދެކޭ ޤަބޫލުކުރުންކަން، އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމް --

ޤައުމީ އެޖެންޑާގެ މައިގަނޑު އަސާސްކަމުގައި ކަނޑައަޅުއްވާފައިވަނީ، އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމުން ފަހިކުރާ ކުރިއެރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ވުނަކުރުމަށް ހިތްވަރުލިބޭފަދަ، އަދި ވިޔަފާރިވެރިން ބާރުވެރިކުރެވޭފަދަ ފަހި މާހައުލެއް އުފެއްދުމަށްޓަކައި، ވަރުގަދަ އަޒުމެއްގައި، ހަރުދަނާ އިޞްލާޙީ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެގޮތުން، ސާފު އަދި ކުރިމަގު ލަފާކުރެވޭ ފަދަ ދެފުށްފެންނަ ނިޒާމެއް ފަރުމާކޮށްގެން، ވުނޭރުންނަށް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނު ޒަމާނީކޮށް، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަރމަންޓްސް އިޞްލާޙުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

މިއަދުގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްޤީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށް ސިފަކުރައްވާފަ އެވެ. އެގޮތުން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދެކި، ވުނޭރުންގެ މެދުގައި ރާއްޖޭގައި ވުނަކުރުމުގެ އިތުބާރު އިތުރުވަމުންދާ ދިއުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އަދި މިކަމުގެ ސަބަބުން، ދިވެހިރާއްޖެ ވިޔަފާރިއަށް ހުޅުވާލެވިފައިވާކަމާއި، ފަންނިއްޔާތުން ބާރުލިބިގެން، ތަރައްޤީގެ މަންޒިލަކަށް ރާއްޖެ މިސްރާބުހިފާފައިވާކަން، ވުނޭރުންނަށް ރަމްޒުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމް --

އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިއަދުގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ސްރީލަންކާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ޚިދުމަތްދިނުމުގެ ސިނާއަތްތަކުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ޤައުމަކީ، ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު ބައިވެރިއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްޤީ އާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްތަކާއި، ސުމޭކު އީޖާދާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ސްރީލަންކާއަށް ދަޢުވަތުދެއްވިއެވެ.

މީގެ އިތުރުން، މީޒާންހަމަ، ދެމެހެއްޓެނިވި އިޤުތިޞާދީ ގުޅުމަކަށް، ދެ ފަރާތުންވެސް ވުނަކުރަމުންދިއުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރަޙައްދީ ފެންވަރުގައި އީޖާދުކުރުން ކުރިއަރުވައި، ވިލުންތެރިކަން ބަލައިގަނެ، އިސްނެގުން އިތުރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.