ރައީސް މުއިއްޒުގެ ދެކަނބަލުން
ހަބަރު
06 May 2026 | 09:06
ރައީސް ޑރ. މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގެންފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

މެއި 3 އިން 6 އަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސް ދިސާނާޔަކައާ ރަސްމީ މަޝްވަރާތައް ބާއްވަވައިފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި މަޝްވަރާތައް އަމާޒުކުރެއްވީ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެއްބާރުލުމުގެ އާ ދާއިރާތައް ހޯއްދެވުމަށެވެ. ދެ ބޭފުޅުން ވަނީ ޒުވާނުންގެ ތަރައްޤީ، އާކައިވިން، ފަތުރުވެރިކަން، ހައްދުފަހަނައެޅުން ހުއްޓުވުން، ދިފާޢީ އަދި ޞިއްޙީ ދާއިރާއިން ޢިލްމީ އެއްބާރުލުން، އަދި ސްކޫލް ޓީޗަރުން ތަމްރީނުކުރުން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކުން ފަހުމުނާމާތައް ބަދަލުކުރައްވައިފައެވެ.

ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރެއްވުމުގެ ގޮތުން ދެ ރައީސުން ވަނީ ވިހާރަ މަހާދޭވީ ޕާކުގައި ގަސް އިންދެވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި ޕާލިމެންޓުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތުނެ އާއި ޚާރިޖީ ވަޒީރު ވިޖިތާ ހެރަތް ވެސް ވަނީ ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ތަޤްރީރު ކުރައްވައި ސްރީލަންކާގެ އިންވެސްޓަރުން ބައިވެރިވެވަޑައިގަތުމަށް ހިތްވަރު ދެއްވައިފައެވެ. އަދި މިފްކޯގެ އުފެއްދުންތައް ސްރީލަންކާގައި ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ލޭޑީ ރިޖްވ ހޮސްޕިޓަލް ފޯ ޗިލްޑްރެންއަށް ޒިޔާރަތްކުރައްވައި ބަލި މީހުންނާ ބައްދަލުކުރައްވައިފައެވެ. އަދި އަންހެނުން ހިންގާ ވިޔަފާރިތައް ދައްކައިދޭ ގުޑް މާކެޓް ސްރީލަންކާ އޮފީހަށް ވެސް ޒިޔާރަތްކުރެއްވިއެވެ. ރައީސް އަދި ފަސްޓް ލޭޑީ ވަނީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފައެވެ.

މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި ރައީސް ޑރ. މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ސްރީލަންކާގެ ރައީސް ދިސާނާޔަކަ ވަނީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ މަތީ ފެންވަރުގެ ވަފުދެއް ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.