ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ހަބަރު
06 May 2026 | 11:55
އެމްޑީޕީގެ ތަޖުރިބާގެ އެހީގައި މުޅި ދުނިޔެއަށް އެހީވުމަކީ ޕާޓީން ކުރަން ރަނގަޅު ކަމެއް: ރައީސް ނަޝީދު

ޚުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީއަކީ މޮޅު ޕާޓީއެއް ކަމަށާ، އެ ތަޖުރިބާގެ އަލީގައި ދުނިޔެއަށް އެހީވުމަކީ އެޕާޓީން ކުރަން ރަނގަޅުކަމެއް ކަމުގައި ކުރީގެ ރައީސް އަދި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރޭ އޮތް ”ބޮޑު ބަދަލު“ ކެންޕެއިން ޖަލސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވީ ކުރާނެ ކަމެއް ނެތީގެން ނޫން ކަމަށާ، އެ މަސައްކަތަކީ އެމަނިކުފާނަށް އައު މަސައްކަތެއްވެސް ނޫން ކަމަށެވެ. 

މިވަގުތު ދިވެހިންނަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވެފައި މިވަނީ މި ބަދަލު ގެނައުންކަން ދިވެހިން ހަރުއަޑުން ބުނަމުންދާ އަޑު އެފްރިކާއާ ހަމައަށް އިވޭތީ، އަޅުގަނޑު މިތަނަށް އައިސް މިހުރީ. 

ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ބަދަލު ގެންނަވަން ނިންމެވީ، ދިވެހިންގެ އާއްމު ޙާލަތު ބަދަލުކޮށް، ތަނަވަސްކަން ހޯދައިދީ، ދިވެހިންނަށް ލިބޭ މިންވަރު އިތުރުކޮށްދެއްވުމަށް ކަމަށެވެ. 

ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ބޭނުންފުޅުވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ކަމަށެވެ. އަދި އެކަން ކުރެވޭނެ ކަމަށާ އެއީ އެމްޑީޕީ ދަންނަ މަސައްކަތެއް ކަމަށެެވެ. 

އެމްޑީޕީގެ ޗެއާޕާސަނަކަށްހުރެ އެ މަސައްކަތް އެންމެން އެކުގައި ކުރެވޭނެ.އިރާދަކުރެއްވިއްޔާ އެ ދަތުރުގައި އަޅުގަނޑުމެން ކާމިޔާބުވެސް ވާނެ. 

މީގެ އިތުރުން ޚުދުމުޚުތާރުވެރިކަން ބަދަލުކުރާނެ ގޮތް ކިޔައިދީ އެމްޑީޕީ އަށް ދުނިޔެއަށްވެސް އެހީވެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރަށް އަޅުގަނޑު އެބައޮތް އެމްޑީޕީން ކުރަން އަޅުގަނޑުގެ ހިތަށް އަންނަ ރަނގަޅުކަމެއް. ދުނިޔެއަށް އެހީތެރިވުން. ބައެއް ފަހަރު ބޮޑެތި ގައުމުތަކަށް އެބަ ހިތަށް އަރާ ޚުދުމުޚުތާރު ވެރިކަމެއް ނައްތާލަން ކުރަންޖެހޭ ކަމަކީ އެތަނަށް ބޮން އެޅުމޭ. އަޅުގަނޑުމެން އެކަން ކޮށްފިން ބޮންނާޅާ. ރާއްޖޭގައި. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން. އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް ތަޖުރިބާއެއް، ސުލްހަވެރިގޮތުގައި ވެރިކަންތައް ބަދަލުކުރުމުގެ. އަޅުގަނޑުމެންނަކީ މިސާލެއް. ރާއްޖެއަކީ އެކަން ވަރަށް ފުރިހަމައަށް ކުރި ބައެއް. 

ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ، ސުލްހަވެރިކަމާއެކު ޚުދުމުޚުތާރު ވެރިކަން ބަދަލުކުރާނެ ގޮތުގެ ވާހަކަ ދެއްކެވުމަށް އެކި ފަރާތްތަކުން އެމަނިކުފާނު އަރިހުން އެދެމުންދާ ކަމަށެވެ. 

”މި މަސައްކަތް އަޅުގަނޑުމެންނަށް މުޅި ދުނިޔޭގައިވެސް ކުރެވެން އެބައޮތް.“ ނަޝީދު ވިދާޅުވުއެވެ.

ނަޝީދު ވިދާޅުވީ 2028 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ހޯއްދަވައިދެއްވައި އެ ޕާޓީ އަކީ މުޅި ދުނިޔެއަށް ވިދާލާ ޕާޓީއަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. 

ކޮމެންޓް
އަލީ ޔޫސުފް
މާތްކަލާކޮއްޓަކާ! ކަލޭ އުޅޭ ދުނިޔެ ބަދަލުކުރަން! މިގައުމާ ނޫޅޭތި! އަހަރުމެން ސަލާމަތް ކުރޭ ތިޔަ ފަނާކުރުވަަ ފިކުރުތަކުން!
06 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ