ސިނެލައުންޖް ސިނަމާ
ހަބަރު
07 May 2026 | 11:09
ސިނެލައުންޖް ސިނަމާ؛ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހިތްގައިމު ސިނަމާ

މިނިވަން މާހައުލެއްގައި ޕްރައިވެޓް ސިނަމާއެއް ރާއްޖޭގައި ހުޅުވިގެންދާނީ ކޮންއިރަކުންތޯ މިއީ އަބަދުވެސް ގިނަ ބަޔަކު އެދިއެދި ތިބި ކަމެކެވެ. އާއިލާއާ އެއްކޮށް ހިތްގައިމު މާހައުލެއްގައި ފިލްމެއް ބަލާލަން ދިއުމަކީ ވަރަށް ގިނަ އާއިލާތަކުން ކުރަމުން އައި އުއްމީދެކެވެ. މިފަހަރު މިއޮތީ ތި އުއްމީދުކުރި ދުވަސްވެސް ދައްކަވާފައެވެ.

ހުޅުމާލޭގައި ހުންނަ ސިނެލައުންޖަކީ، މިހާތަނަށް ރާއްޖޭގައި ހުޅުވުނު އެންމެ ފެންވަރު ރަނގަޅު ސިނަމާއެވެ. މިތަނުން ފިލްމު ބަލާލުމަށް އައިސް ކުރެވޭ ތަޖުރިބާ ތަފާތުވެގެންދާއިރު، މިއީ ތިޔަ ހީކުރާވަރުގެ އާދައިގެ ސިނަމާއެއް ނޫނެވެ. މިއީ މިނިވަންކަމާއެކު ޕްރައިވެޓް ސިނަމާއެއް ތަޖުރިބާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސިނަމާއެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހުޅުވިގެންދިޔަ ފުރަތަމަ ޕްރީމިއަމް ލަގްޒަރީ ތިއޭޓަރެވެ.

މި ސިނަމާ ތަރައްޤީކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެންނެވެ.އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، "ޑޯލްބީ އެޓްމޯސް" ސައުންޑް ސިސްޓަމާއި "ޑޯލްބީ ސިނަމާ" ގެ ފުރިހަމަ މަންޒަރުތަކާއެކު، ފިލްމުގެ ކޮންމެ މަންޒަރެއް ހަގީގަތާ އެއްގޮތަށް ތަޖުރިބާކުރެވިގެން ދިއުމަކީ މި ސިނަމާގެ އެންމެ ހާއްސަ ސިފައެވެ. މީގެ އިތުރުން ދެން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، ސިނެލައުންޖްގެ ފިލްމު ބަލާލުމަށް އިށީނދެ ތިބުމަށް ހާއްސަކޮށްފައިވާ ގޮނޑިތަކެވެ.

ސިނެލައުންޖު ސިނަމާގެ ގޮނޑިތައް...

މިއީ ދިވެހި ސިނަމާއަކުން މިހާތަނަށް ތަޖުރިބާކުރެވޭނޭ އެންމެ ހިތްފަސޭހަ އަރާމް ޝީޓްތަކެވެ.މި ސިނަމާގައި ލަގްޒަރީ 20 ރެކްލައިނާ ސީޓާއެކު، ހިތްހަމަޖެހިގެން އާއިލާ ނުވަތަ ރަހުމަތްތެރިންނާއެކު މަޑުމައިތިރި މާހައުލެއްގައި ފިލްމު ބަލާލެވޭނެއެވެ. މި ޝީޓްތަކުގެ އެންމެ ހާއްސަ އެއް ސިފައަކީ ގޮނޑިތައް ބޭނުން ގޮތަކަށް ދަމާލައިގެން އޮށޯވެލައިގެން އޮވެ، އަރާމުގައި ފިލްމު ބަލާލުމުގެ ފުރުސަތު ލިބިގެންދާކަމެވެ.

އާއިލީ ވަގުތުތަކަށާއި، ލޯބިވެރިންގެ ބައްދަލުވުންތަކަށް ނުވަތަ އޮފީސް ރަހުމަތްތެރިންނާއެކު ބާއްވާ ހާއްސަ ހަރަކާތްތަކަށް ވެސް ސިނެލައުންޖްކީ އެންމެ އެކަށީގެންވާ، ހިތްގައިމު މާހައުލެކެވެ.

ސިނެލައުންޖުގެ އެންމެ ފާހަގަކޮށްކޮށްލެވޭ އެއްކަމަކީ ދިވެހި، ހިންދީ އަދި އިނގިރޭސި އެންމެ ފަހުގެ މަގްބޫލް ފިލްމުތައް އެތަނުން ބަލާލެވޭތީއެވެ. އެގޮތުން ސިނެލައުންޖުން މިހާރުވެސް ދަނީ ދިވެހިންގެ އެންމެ މަގްބޫލް އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަރޓައިންމަންޓްގެ މިފަހުން ދެއްކި އެންމެ ހިޓް ފިލްމުތައް އަޅުވަމުންނެވެ. މީގެ ތެރޭގައި "އަލްވަދާއު" އަދި "އަލިފާން" ހިމެނެއެވެ. މި ފިލްމުތަކަކީ އެންމެފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމަނައިގެން އުފެއްދި ފިލްމުތަކަށް ވާއިރު، ސިނަލައުންޖު ސިނަމާއަކީ، މި ފިލްމްތައް ބަލާލުމަށް އެންމެ އެކަށީގެންވާ ސިނަމާއެވެ.

ބިޒީ ލައިފެއްގައި އުޅެމުންދާއިރު، އާއިލާއާއެކު އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންވާ ހަމަ ކޮންމެ އާއިލާއަކަށްވެސް ސިނަލައުންޖު ސިނަމާއިން އުފަލާއެކު މަރުހަބާ ކިޔަމެވެ.

ސިނަލައުންޖު އިންޓަގްރާމް ޕޭޖް: https://www.instagram.com/cinelounge.mv

ކޮމެންޓް
ބޒޮވާ
ލާހިކެއްނޫން އާއިލާ އާ އެކު ދާން މިހާރު ދިވެހި ފިލުމަކަށް ވެސް
07 May 2026
ފޫހި
އަހުން ގޯތީގަ ވެސް ހުރީ ތިޔަކަހަލަ ގޮނޑި. އެކަމު އަހުން ނުވޭ އޭގަ އޮވެގެން ފިލްމް ބަލާ ހިތެއް
07 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ