މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް: ފޮޓޯ/ އައިޖީއެމްއެޗް
ހަބަރު
08 May 2026 | 13:43
މި އަހަރުގެ މިހާތަނަށް ތެލެސީމިއާ ހަތަރު ކުދިން ވަނީ އުފަންވެފައި؛ މިއީ ފުންކޮށް ވިސްނަންޖެހޭ ކަމެއް: ޙަލީމް

މި އަހަރުގެ މިހާތަނަށްވެސް ތެލެސީމިއާ 4 ކުދިން އުފަންވެފައިވާ ކަމަށާ، އެއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވީ، ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމާއި ލޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ކުރިއެރުވުމަށްޓަކައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ޢަޒުމް އާކުރަންޖެހޭ ކަމަށެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޙަލީމް ވިދާޅުވީ، 25 މޭ 2025 ގައި "މޯލްޑިވިއަން ބްލަޑް ސަރވިސް" އަދި "ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ" އޮރެންޖް ހިޔާ އަށް ބަދަލުކުރުމަކީ ޚިދުމަތުގެ ފެންވަރު މަތިވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އިފްތިތާޙްކުރެވުނު "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ" އާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކުދިންގެ ޞިއްޙީ ޙާލަތު ގާތުން ބެލޭނެ ނިޒާމެއް ކަށަވަރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 2026 ޖެނުއަރީން ފެށިގެން ތެލެސީމިއާ ހުންނަ ފަރާތްތަކަށް ޚާއްޞަ އެލަވަންސެއް ދޭން ފެށުމަކީ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިގެންދާނެ ބޮޑު ތަސައްލީއެއް ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

މިއާއެކު ތަފާސްހިސާބުތަކަށް އަލިއަޅުވާލަމުން ޙަލީމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށްވެސް ތެލެސީމިއާ 4 ކުދިން އުފަންވެފައިވާ ކަމަށާ، އެއީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

އަދި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށާ، އެގޮތުން، ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންގ ހިމެނޭހެން ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ޚާއްޞަ ނިޒާމެއް މިއަހަރު ތަޢާރަފުކުރާނެ ކަމަށް ޙަލީމް ވިދާޅުވުއެވެ.

ޙަލީމްގެ ވަނީ، މުސްތަޤުބަލުގެ ޖީލުތައް މި ބަލިން ސަލާމަތްކުރުމަށްޓަކައި، ކައިވެނީގެ ކުރިން ޓެސްޓުކުރުމާއި ސިއްޙީ އިރުޝާދުތަކަށް ބޯލެނބުމަށް މުޅި އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ށައިނީސް
ސަރުކާރަށްތާ ބަލަދުއަރާނީ އެއީ ދިވެހިންގެ ވިސްނުން
09 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ