އުޅަނދުގައި ރޯވެފައި... ފޮޓޯ: މެރިން ޕޮލިސް
09 May 2026 | 14:38
ގުޅީފަޅު ބޭރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ

ގުޅީފަޅު ބޭރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ  "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. އެ އުޅަނދުގައި ރޯވީ ގުޅީފަޅު ނެރާދިމާލު ބޭރުގައި އޮއްވައެވެ. އެމްއެންޑީއެފުން ބުނީ މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އަލިފާން ރޯވި އުޅަނދުކައިރީ ހަރަކާތްތެރިވަމުންދާކަމަށެވެ.

މެރިން ފުލުހުން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:30 ކަމަށެވެ. އުޅަނދުގައި އަލިފާން ރޯވުމާއެކު އެފްއެސްއެމްގެ އުޅަނދެއްގައި އެ ހިސާބަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް މެރިން ފުލުހުން ބުންޏެވެ.

އަލިފާނުގެ މި ހާދިސާގައި އެ އުޅަނދަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އުޅަނދުގެ އިންޖީނުގެއާ ދިމާލުގައި އަލިފާންގަނޑު ވަރަށްބޮޑަށް ހިފާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ކޮމެންޓް
ސަޖޯ
އަލިފާން ނިއްވަން ތިޔަ ތަނަށް ދާން އެންމެ ރަގަޅީ. އެފް. އެސް. އެމް ގެ ތެޔޮ ޓޭންކަރު ދޯ؟
09 May 2026
ގުޅޭ ލިޔުންތައް
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ.\
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ކޮމެޓީގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގެ މިއަދު ނެގި ވޯޓްގައި ޒަރީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
24 Jun 2026
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ
މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ