ރައީސް މުހައްމަދު ނަޝީދު.. ވީޑިއޯ: ސަންގްޓީވީ ލައިވް ސްކްރީންޝޮޓް
ހަބަރު
09 May 2026 | 15:36
މޮރިޝަސް އިން ރާއްޖެއާ ގުޅުން ބަދަހިކުރަން އޮތީ ތައްޔާރަށް: ރައީސް ނަޝީދު

ޗާގޯސް މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިނަމަވެސް ގުޅުން އަލުން ބަދަހިކުރަން އެޤައުމުން ތައްޔާރަށް އޮތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން ޑައިލޮގް ބައްދަލުވުން ނިންމަވާކެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މި ދަތުރުފުޅުގައި މައިގަނޑު ދެ ކަމެއް ފާހަގަކުރެވިގެން ދިޔަކަމަށެވެ. އެގޮތުން ބައްދަލުވުމުގައި މޮރިޝަސްގެ ހާރިޖީ ވަޒީރާ ބައްދަލުވެ ވަޑައިގެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދެކެވުނުކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރަށް ވެސް ދެންނެވިން ދިވެހިރާއްޖެއާ މިކަމުގަ ވާހަކަ ދައްކާ ދެގައުމު ސުލްހަވެރި ގޮތުގަ ކަންތައްތައް ނިންމޭނެ ގޮތެއް ހޯދުން. ދެން އެއްވެސް ހާލެއްގަ އަވަށްޓެރި ގައުމުތަކާ އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅުކަމެއް ނޫން. ދެން އެބޭފުޅުން ތިއްބެވީ ތައްޔާރަށް

ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރުން މި ފުރުސަތުގެ ބޭނުން ހިފައިގެން މޮރިޝަސް ސަރުކާރާއެކު ވާހަކަތައް ކުރިއަށްގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. 

މޮރިޝަސްއިން ރާއްޖެއާ ސިޔާސީގުޅުން ކަނޑާލާފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ. އެޤައުމުން ރާއްޖެއާ ސިޔާސީގުޅުން ކަނޑާލާފައިވަނީ، ޗާގޯސް ލިބުން އެންމެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ބުނެ އަދުގެ ސަރުކާރުން ވަކާލާތު ކުރާތީއެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒު ކުރަން ފެށުމަކީ ގުޅުން ކަނޑާލަން ޖެހުނު މައިގަނޑު ސަބަބު ކަމަށްވެސް މޮރިޝަސްއިން ވަނީ ބުނެފައެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 15 ޖެނުއަރީ 1981ގަ އެވެ. އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.