ބ. ފުޅަދޫ -- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
ހަބަރު
10 May 2026 | 16:36
ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށްގޮސް ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިއަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އަދި ގެސްޓްހައުސްތައް ހިއްސާވާ ޖަމިއްޔާ އެންއެޗްޖީއޭއެމް އިން ހާމަކޮށްފިއެވެ.

މަޓާޓޯ އަދި އެންއެޗްޖީއޭއެމްއިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަތުރުވެރިން އަންނަ މިންވަރު ދަށްވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި އިޤުތިޞާދީ ގެއްލުންތަކެއް ލިބެމުންދާކަމަށާއި، މިކަމުގެ ކަންބޮޑުވުން ނިހާޔަތަށް ކުރިމަތި ވެފައިވާކަމަށެވެ. މިހާރު ފެންނަ ބުކިން ޓްރެންޑްތަކާއި ކެންސަލޭޝަންތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އަންދާޒާ ކުރެވޭކަމަށް ބަޔާނުގައި ބުންޏެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާރިޗު އަދި އެޕްރީލް މަހު ފަތުރުވެރިން އައި މިންވަރު ބޮޑުތަނުން ދަށްވެ، މެއި މަހާ ހަމައަށް ވެސް އެ ދަށްވުން ކުރިއަށް ގޮސްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި ހާލަތު ދެމިގެން ދިއުމަކީ ވިޔަފާރިތަކަށާއި ވަޒީފާތަކަށް، ބޭރު ފައިސާ ލިބުމަށް އަދި ޤައުމީ އިޤުތިޞާދުގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއްކަން ފާހަގަކުރަމުން ބަޔާނުގައި ބުނީ، މި ހާލަތުގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ މައިބަދައިގެ ގޮތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގެސްޓްހައުސްތަކާއި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ކަމަށެވެ. މި ކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ގިނަ ގެސްޓްހައުސްތަކާއި ޓްރެވެލް އެޖެންސީތައް ވިޔަފާރި ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެ ދެ ޖަމިއްޔާ އިން ދީފައިވެއެވެ.

މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ވަނީ ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާއި މާލީ މުއައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެނެސް ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށް ޚާއްޞަ ލޯނު ސްކީމްތަކާއި އެމަޖެންސީ ފައިނޭންސިން ހަމަޖެއްސުމާއި، އިންޓަރެސްޓް ފްރީ މޮރަޓޯރިއަމް ދިނުމާއި ލޯނު ރީސްޓްރަކްޗާ ކުރުމާއި ޓެކްސް ފަސްކޮށްދިނުމާއި ފީ މާފުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓް ތެލުގެ އަގު ބޮޑުވުމާއި ވިޔަފާރި ހިންގުމުގެ ޚަރަދުތައް އިތުރުވުމުގެ މައްސަލައަށް ވެސް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްގެ އަގު ކޮންޓްރޯލެއް ނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން ފަތުރުވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަންވެސް ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

ފާއިތުވި އެތައް ޒަމާނެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ދުނިޔޭގެ އެކި ކާރިސާތަކުން އަރައިގަތުމުގެ ޤާބިލުކަން ދައްކާފައިވީ ނަމަވެސް، މިހާރުގެ ހާލަތުން އަރައިގަތުމަށް އަވަސް، ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވިޔަފާރިތައް ހިމާޔަތްކޮށް ވަޒީފާތައް ރައްކާތެރިކުރުމަށް ސަރުކާރާއި މާލީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ