ކުރީގެ ރައީސް ޞާލިޙް؛ އެމަނިކުފާނުގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ދައްކަވަމުންދާ ކަމަށް ރައީސް މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައި: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2026 | 10:20
މިދިޔަ ސަރުކާރުން އިންޑިޔާއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނު ދައްކައިފި

ނިމިދިޔަ ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދައްކައި ޚަލާސްކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އަންނަނީ މީގެ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަމުން ކަމަށާ އެގޮތުން މީގެ ކުރިން 524 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ސްވަޕްވެސް ދައްކަވާފައިވާ ކަމަށެވެ

އަދި މިއަދަށް ޑިޔުވެފައިއޮތް 50 މިލިއަން ޑޮލަރުގެ ލޯނުވެސް މިއަދު ޕޭ ކޮށްފިން. 11 މެއިގައި ޕޭ ކުރާ ގޮތަށް މިދިޔަ ސަރުކާރުން ނަގާފައި އޮތް 50 މިލިއަން ޑޮލަރު. އެވެސް މިއަދު ހެނދުނު ސެޓްލް ކޮށްފިން. ވޭތުވެދިޔަ 40 ދުވަސް ތެރޭގައި 974 މިލިއަން ޑޮލަރު، ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި އަޅުގަނޑުމެން ދައްކައި ޚަލާސްކޮށްފިން. މިއީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި ދަންތުރަ. އެއިން މިދަނީ ރައްޔިތުން ސަލާމަތް ކުރަމުން. 

ރައީސް މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ތިން ފަހަރެެއްގެ މަތީން އިންޑިޔާއިން 50 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. އެއީ

1) 17 މާރިޗު 2019

2) 26 ޖޫން 2019

3) 1 އޮކްޓޯބަރު 2019

2019 ގައި ނެގި އެ 150 މިލިއަން ޑޮލަރުގެ ދަރަނި، އެ ސަރުކާރުން އައީ ރޯލް ކުރަމުން ކަމަށާ، އޭގެ ތެރެއިން އެއް 50 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދެއްކީ 2024 ވަނަ އަހަރުގެ ކުރީ ކޮޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީ 100 މިލިން ރޯލް ކުރަމުން އައިސް މިއަދު އޭގެ ތެރެއިން 50 މިލިއަން ދެއްކެވީ ކަމަށްވެސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވިގޮތުން ދެން ބަކީއޮތް 50 މިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހެނީ 17 ސެޕްޓެމްބަރުގައެވެ. އަދި، އެދުވަހު އެ ދަރަނިވެސް ދައްކަވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ