ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2026 | 12:02
ޕޭ ހާމަނައިޒޭޝަންއާއެކު މުސާރަ ބޮޑުނުވި މުވައްޒަފުންގެ މުސާރަ މި މަހު ބޮޑުވާނެ: ރައީސް

ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން މަރުހަލާގެ ތެރެއިން މުސާރަ ބޮޑުނުވެ، ބައެއް މުވައްޒަފަންގެ މުސާރަ ކުޑަވެސް ވެފައިވާ ކަމަށާ، އެ މައްސަލަތައް ހައްލުކޮށް، މި މަހުން ފެށިގެން އެ ފަރާތްތަކުގެ މުސާރަ ބޮޑުވެގެންދާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ބައެއް މުވައްޒަފުންގެ މުސާރައަށް ބަދަލުއައީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށެވެ.

"އަޅުގަނޑު ނިންމީކީ އެހެނެއް ނޫން ދެއްތޯ. އަޅުގަނޑު ވީ ވައުދަކީ މުސާރަ ބޮޑުކޮށްދިނުން. އެެހެން ނަމަވެސް އަޅުގަނޑަށް މި ފާހަަގަވީ އެކި ސަބަބުތަކާ ހެދި ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒް ކުރިއިރުގައި މުސާރަ ބޮޑު ނުވެ އެހެން ނަމަވެސް ކުޑަވެސް ވި ބައެއް ފަރަތްތަކުގެ، އެނގިފައިވަނީ،" 

ރައީސް ޑރ.މުހައްމަދު މުއިއްޒު 

އެހެންކަމުން އެ މައްސަލަ ހައްލުކޮށް މިމަހުގެ މުސާރަ ލިބޭއިރު އެތަނުން ގިނަ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އެހެންވީމަ އެ ހުރިހާ މައްސަލައެއް އެ ހައްލުކޮށް ނިމެނީ މި ފަހަރު މުސާރަ ލިބޭއިރު. އަޅުގަނޑު މިއަދު ހެނދުނު މީގެ މައުލޫމާތު ނަގައިގެން މި އައީ ޕޭ ކޮމިޝަނުގެ ފަރާތުން. މި ފަހަރު މުސާރަ ލިބޭއިރު އިރާދަކުރެއްވިއްޔާ ޖުމްލަކޮށް ވަކިވަކި އިންޑިވިޖުއަލް ކޭސްތައް ނުހުންނާނެއެކޭ ނޫން. ޖުމްލަކޮށް މިގޮތަށް މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،"

ރައީސް ޑރ.މުހައްމަދު މުއިއްޒު 

ރައީސް ފާހަގަކުރެއްވި ގޮތުގައި މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ އެޗްއާރް ދާއިރާގެ މުވައްޒަފުންނާއި، ލީގަލް ދާއިރާގެ މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ ބައެއް މަގާމުތަކަށެވެ.

"މީގައި ހާއްސަކޮށް އިންވޯލްވަނީ އެޗްއާރު ސްޓާފުން ވަރަށް ބޮޑަށް ޑިސްއެޑްވާންޓޭޖް ވެފައި ތިބި ކަމަށް ވަނީ. ދެން ލީގަލް ދާއިރާގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އެކަން ދިމާވެފައިވޭ. އަދި އޭގެ އިތުރުން ކައުންސިލުތަކުގައި ވެސް އެ ކަހަލަ ބައެއް މަގާމުތައް ހުރި ކަމަށްވޭ." 

ރައީސް ޑރ.މުހައްމަދު މުއިއްޒު 

ރައީސް ވިދާޅުވީ، މުސާރަ ބޮޑުނުވެ އެއްވަރުވެފައި ތިބި އެފަދަ ފަރާތްތަކުގެ މުސާރަ މިމަހު ބޮޑުވާނެ ކަމަށާ އަދި ވަކިވަކި ހާލަތްތަކުގައި ތިބި މުވައްޒަފުންނަށް ހާއްސަ ޕެކޭޖުތަކެއް ނުވަތަ ހައްލުތަކެއް ޕޭ ކޮމިޝަން މެދުވެރިކޮށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

"މި މަހު މުސާރަ ދޭއިރުގައި، އިރާދަކުރެއްވިއްޔާ އެ މައްސަލަތައް ހައްލުވެ، މުސާރަ ހަމަ ބޮޑުވެފައި ކުރިއަށްވުރެ މައްޗަށް ދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ