އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
ހަބަރު
12 May 2026 | 12:42
ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކައުންޓުގައި ފައިސާ ދައުރުކުރާ ގޮތް ބަލަނީ

ގަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުން ހުއްޓުވުމަށް، އެމީހުންގެ އެކައުންޓްގައި ފައިސާ ދައުރުކުރާގޮތް ބެލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރޭތޯ ބެލުމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލެވިފައި އޮންނަ ކަމަށެވެ.

އެ ފޯހުން، މިދިޔަ އަހަރުގެ ނޮވެމްބަރު 29 ގައި ފެށި މަސައްކަތުގެ ތެރެއިން 409 ޝަކުވާއެެއް ލިބިފައިވާ ކަމަށާަ، އޭގެ ތެރެއިން 242 ތަނެއް ބަލައި ފާސްކުރެވުނު ކަމަށް ސަޢީދު ވިދާޅުވުއެވެ. އެތަނުން 102 ތަނެއް ބަންދުކުރެވުނުއިރު، ބަންދު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނޭ ގަވާއިދާ ޚިލާފް 57 ތަނެއް އެއްކޮށް ބަންދު ކުރެވިފައިވާކަމަށާ 47 ސެލޭން އެންޑް ސްޕާ ބަންދުކުރެވުނު ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ބަންދުކުރި ވިޔަފާރި ތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ކުރަމުންއައި މަސައްކަތްތައް ކުރަމުންދިޔަ 67 ތަނެއް ހުޅުވަން ހުއްދަދެވުނުކަމަށްވެސް ވިދާޅުވިއެވެ.

ބިދޭސީ ވިޔަފާރިއެކޭ ބުނީމާ ގޮސް ބަލާއިރު، އޭގެ އަސްލު އޯނަރަކަށް މިވަނީ ދިވެއްސެއް. ދެން އެ ދިވެހި މީހާ މިދެނީ ކުއްޔަށް، ނުަވަތަ ކައުންޓަރުގައި މި ބަހައްޓަނީ ބިދޭސީއެއް. ބެހެއްޓީމާ ހިސާބުގަނޑުގެ މީހުންނަށް ފެންނަނީ ބިދޭސީއެއް ހިންގާ ވިޔަފާރިއެއް ގޮތަށް. 

އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 

އެފަދައިން ހިންގާ ވިޔަފާރި ތަކުގައި، ފިހާރަ ހިންގަން ހުންނަ ބިދޭސީއަކީ ގަވައިދާ އެއްގޮތް ބިދޭސީއެއްތޯ ބަލާ ކަމަށާ، ގަވާއިދާ ޚިލާފް ނަމަ، އިމިގްރޭޝަނުން އެމީހާއަށް ފިޔަވަޅު އަޅާކަމަށް ސަޢީދު ވިދާޅުވިއެވެ. 

އަދި ބިދޭސީން ހިންގަން ތިބޭ ވިޔަފާރިތަކުގެ ފައިސާ ދައުރުވަނީ ބިދޭސީއެއްގެ އެކައުންޓްގައިތޯ ބެލުމަށް

އެހެންވީމަ، ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ ދައުރުވަނީ ބިދޭސީއެއްގެ އެކައުންޓްގައިތޯ، ނުވަތަ ކިހާވަރެއްގެ ލިންކޭޖެއް އިނދޭތޯ މި ނެޓްވޯކުގެ ތެރޭގައި، މިފަދަ ވިޔަފާރިތައް ހިންގާއިރު.

އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 

އެފަދައިން ބެލޭނީ މީރާ، އެމްއެމްއޭ އަދި ހުރިހާ ބޭންކުތަަކެއްގެވެސް އެހީއާއެކު ކަމަށްވުމުން، ކަންކަން ނިންމުމުގައި ލަސްތަކެއް ވާކަން ސަޢީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ