އަލައިކާ
ހަބަރު
12 May 2026 | 14:35
ޤާނޫނީ އަދި ޕަބްލިކް ޕޮލިސީގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވާ އަލައިކާ ސްޓޭޓް މިނިސްޓަރު ކަމަށް

ޤާނޫނީ އަދި ޕަބްލިކް ޕޮލިސީގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ އާސިޔަތު އަލައިކާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކޮށްފިއެވެ. 

އަލައިކާ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މި ހަފްތާގައެވެ. 

އަލައިކާއަކީ ގިނަ ދާއިރާ ތަކަކުން ތަޢުލީމު ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ޗައިނާގެ ޕީކިންގ ޔުނިވަރސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓަރސް އޮފް މެނޭޖްމަންޓް ސައިންސް ހާސިލުކުރައްވާފައިވާއިރު، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން ގްލޯބަލް ބިޒްނަސް އެންޑް ފައިނޭންސް ލޯއިން އެލް.އެލް.އެމް ފުރިހަމަކުރައްވާފައިވެއެވެ.

މީގެ އިތުރުން ޝަރީޢަތާއި ގާނޫނުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ޕަބްލިކް މެނޭޖްމަންޓުން އޮނަރސް ޑިގްރީވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.

ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި އަލައިކާ ވަނީ ދައުލަތުގެ މުހިންމު އެކި މުއައްސަސާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި:

ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރުކަން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓަންޓް ޑައިރެކްޓަރުކަން.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓަރުކަން.

ހިއުމަން ރައިޓްސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް އޮފިސަރުކަން.

ޕޮލިޓެކްނިކް އަދި އެވިޑް ކޮލެޖްގެ ލެކްޗަރަރކަން.

ސިޔާސީ ދާއިރާގައިވެސް އަލައިކާއަކީ ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސްކަން ކުރައްވާފައިވާއިރު، މިހާރު އޭނާއަކީ ޕީޕަލްސް ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފީގެ މެންބަރެކެވެ.

މީގެ އިތުރުން އަލައިކާއަކީ ޕަބްލިކް ޕޮލިސީ، ގަވަރނަންސް، ގާނޫނީ ދާއިރާ، އަދި ސްޓްރެޓީޖިކް ޕްލޭނިންގ ފަދަ ދާއިރާތަކުން ފަންނީ އެކްސްޕާޓެކެވެ. އޭނާ ވަނީ ލާމަރުކަޒީ ނިޒާމާއި، އަންހެނުންނަށް އިންސާފު ހޯދައިދިނުމާ ގުޅޭގޮތުން ތަފާތު ދިރާސީ ކަރުދާސްތައް ލިޔެ ޝާއިޢުކުރައްވާފައެވެ. ވަކިން ހާއްސަކޮށް، އަންހެނުންނަށް އިންސާފަށް ވާސިލުވުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން އޭނާ ހުށަހެޅި ކަރުދާހަށް ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި "ބެސްޓް ޕޭޕަރ ޕްރެޒެންޓަރ" ގެ އެވޯޑު ލިބިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަލައިކާ އައްޔަނުކޮށްފައިވާއިރު، ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ސެޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަނު ކުރައްވާނީ ތައުލީމީ ބޭފުޅުން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ