ލީވާން އަދި ޝަހުޒާން --
ހަބަރު
12 May 2026 | 18:34
އަދަދުގެ ދެ ނޫސްވެރީން ޖަލަށް, ޝަހުޒާން 15 ދުވަހަށް, ލީވާން 10 ދުވަހަށް

އަދަދުގެ ދެ ނޫސްވެރީން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ދެ ނޫސްވެރީންގެ މައްޗަށް ޖަލު ހުކުމެއް އައީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ހިލާފުވި ކަމަށް ކަނޑައަޅަ އެވެ. އެގޮތުން ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.

ޝަހުޒާނަށް ތުހުމަތު އޮތީ އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އެ އަމުރާއި ހިލާފަށް ވާހަކަ ދެއްކުމުންނެވެ. ލީނަށް އޮތީ އެ އަމުރާއި ހިލާފަށް ހަބަރެއް ލިޔުމުގެ ތުހުމަތެވެ. ކޯޓުން ވަނީ ކޯޓްގެ ހުރުމަތް ކެނޑިކަން ސާބިތުވާ ކަމަށް ކަނޑައަޅާ ޝަހްޒާން 15 ދުވަހަށް ޖަލަށް ލުމަށާއި 25,000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އަދި ލީން 10 ދުވަހަށް ޖަލަށްލައި 25,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ.

އަދަދުން ހެދި ޑޮކިއުމަންޓްރީއަކާއި ގުޅިގެން ތަހުގީގެއް ހިންގާ އެ ނޫހުގެ އިސް ދެ ވެރީން ކަމަށްވާ ހުސައިން ފިޔާޒްއާ ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ ދެ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް މާދަމާ ފެށޭނެ އެވެ.

ކޮމެންޓް
ާއާދަމްބެ
ވ ރަގަޅު.
13 May 2026
ގުޅޭ ލިޔުންތައް
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.