ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ފޮޓޯ/ އެމްޑީޕީ
ހަބަރު
13 May 2026 | 11:13
ރައީސް މައުމޫންގެ ވެރިކަންވެސް ވެއްޓުނު؛ މި އައީ ރައީސް މުޢިއްޒު ވެރިކަމުން ބާލަން: ރައީސް ނަޝީދު

އެމަނިކުފާނު ނުކުންނަވައި ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ނިމުމަކަށް ގެންނަވަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ކެމްޕެއިނަށް ލަންކާއަށް ވަޑައިގެން ލަންކާގައި އުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ލަންކާގައި ތިބި ދިވެހިންނަށް ބިރުދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާ އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

”މިތަނުގައި ތިބި ދިވެހިންނަށް ބިރުދައްކައި އުނދަގޫ ކުރަން އުޅުމަކީ ރައީސް މުއިއްޒު ކުރައްވާ ވަރަށް ބޮޑު ޅައެއްޗެއް“ ނަޝީދު ވިދާޅުވުއެވެ. 

މިތަނުގައި ދިވެހިންނާ މައްލަވަކޮށް އުނދަގޫކޮށް ބިރުދައްކާ ހައްދަވަންޏާ ދެން ވާގޮތް ރައީސް މައުމޫނަށް އެނގިވަޑައިގެންނެވި. ވެއްޓުނު. ވެރިކަމުން ފައިބާން ޖެހިވަޑައިގަތް. ރައީސް މުޢިއްޒަށްވެސް މިއަދު އެނގިވަޑައިގަންނަވަންވީ ހަގީގަތަކީ އެބޭފުޅާ ވެރިކަމުން އަޅުގަނޑުމެން ބާލާނެކަން. މިތަނަށް އައިސް މިހުރީ ރައީސް މުޢިއްޒު ވެރިކަމުން ބޭލުމަށް އަޅުގަނޑުމެން ތައްޔާރުވާން. 

ރައީސް ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީއާއެކު ސަރުކާރަށާއި ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއްވެ، ތަނަވަސްކަން އިތުރުވެގެންދިޔަ ކަމަށެވެ. ނަމަވެސް، ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި، މަގުމައްޗަށް ނުކުމެވަޑައިގެން، ރައްޔިތުންނާ ވާހަކަދައްކަވައި، ކަންކަން އޮޅުންފިލުވުމުން އެނގިގެން ދިޔައީ، އޭރުން ފެށިގެން އެ ލިބެމުން އައި ތަނަވަސްކަން ކައްސާލުމުގެ ބިރު ހީވާން ފަށާފައިވާ ކަން ކަމަށްވެސް ވިދާޅުވިއެވެ. 

”މިކަންކަމާ ފުންކޮށް ވިސްނައި ބޮޑު ބަދަލަކަށް ތައްޔާރުވާން ޖެހިއްޖެ.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިގޮތިގައި، ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ މަޖަލަކަށް ދީފައި އޮންނަ ޙައްގެއް ނޫން ކަމަށާ، އެކަންކަމަކީ ރައްޔިތުންގެ ތަނަވަސްކަމާ ގުޅިފައިވާ ކަންކަން ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރުވަނީ ފާޑުކިޔައި، ބަސް އިއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
މޫސާރަޝީދު
ހޯހޯ؟
13 May 2026
ލައްޓި
ޚެނެރީގެ އަސްތާރުގެ ދޮހޮއްކޮބެ އެހެން ގޮވިޔަސް އެގޮތަކައްނުވެއްޓޭނެ މީސަފާރީޓްވަރސް އޮފީހެއްނޫން
13 May 2026
ކިނބޫ
ކަލޭ ވެރިކަމުން ބާލާކަށް ނުޖެހޭ. އިސްތިއުފާ ދީފަ ބަޗަނީ
13 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ