ޓްރަމްޕްގެ ޗައިނާ ދަތުރު
ދުނިޔެ
14 May 2026 | 09:13
ޓްރަމްޕް ޝީ ޖިންޕިންގ ގެ ބައްދަލުވުން؛ ”ޗައިނާއާއެކު އޮތް ގުޅުން ކުރިން ނުވާ ވަރަށް ވަރުގަދަވާނެ“

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބެއިޖިންއަށް ވަޑައިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ބައްދަލުކުރައްވައި ވިޔަފާރިއާއި ޓައިވާނާއި އީރާނު ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މިއީ ޓްރަމްޕް ރައީސެއްގެ ގޮތުގައި ޗައިނާއަށް ކުރާ ދެވަނަ ދަތުރެވެ. އަދި 2017 ގެ ފަހުން އެމެރިކާގެ ރައީސަކު ޗައިނާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ޝީ ޖިންޕިން ވިދާޅުވީ ދެ ޤައުމު "ވާންޖެހޭނީ ވާދަވެރިންނަށް ނޫން، ބައިވެރިންނަށް" ކަމަށެވެ. ޝީ ވިދާޅުވީ ދެ ޤައުމުގެ "ގުޅިފައިވާ މަޞްލަޙަތުތައް ޚިލާފުތަކަށް ވުރެ ބޮޑު" ކަމަށެވެ.

ޓްރަމްޕް ބެއިޖިންއަށް ދިޔައީ އެޕަލްގެ ޓިމް ކުކް، ސްޕޭސް-އެކްސްގެ ސީއީއޯ އީލޮން މަސްކް އަދި އެންވިޑިއާގެ ޖެންސެން ހުއާންގ އާ އެކުގައެވެ. ސަމިޓު ފެށުމުގެ ގޮތުން ޓްރަމްޕް ބުނީ "ޗައިނާ ރައީސް ކައިރީގައި ހުރުމަކީ ޝަރަފެއް.“ ކަމަށާ ”ޗައިނާއާ އެމެރިކާގެ ގުޅުން ކުރީގައި ވެސް ނުވާ ވަރަށް ރަނގަޅުވާނެ" ކަމަށެވެ.

މި ދަތުރު ކުރިން ރޭވިފައި އޮތީ އެޕްރީލް ފުރަތަމަ ހަފުތާއަށެވެ. ނަމަވެސް އީރާނު ހަނގުރާމައިގެ ސަބަބުން މެއި މަހަށް ފަސްކުރެވުނެވެ. ތެހެރާންގެ ގާތް ބައިވެރިޔާ އަދި އެ ޤައުމުގެ ތެލުގެ އެންމެ ބޮޑު ކަސްޓަމަރުގެ ހައިސިއްޔަތުން ޗައިނާ ވެފައި ވަނީ ސުލްޙައިގެ މެދުވެރިއަކަށް ވެދާނެ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ހަނގުރާމަ ނިންމުމަށް ޗައިނާގެ އެހީ ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.