ރޭގެ ޖަލްސާގައި މީކާއީލް ވާހަކަދައްކަވަނީ... ފޮޓޯ؛ މީކާއީލް ޕޭޖް
ހަބަރު
15 May 2026 | 07:11
ޗެއާޕާސަން ކަމުގައި ހުންނަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެގޮތް ހަދާނަން: މީކާއީލް

ދިވެހި ރައްޔިތުންގެ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނަ މީހަކަށް ކުރިއަށް އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެގޮތް ހަދާނަން ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ

'މީކާއީލްގެ ޓީމުގެ ފަރާތުން މިރޭ ބޭއްވި، "އިތުބާރު މާލެސިޓީ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އިސްލާހްކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ޗެއާޕާސަންކަމުގެ މަގާމަށް އަންނަނީ ޕާޓީ ހަރުދަނާކޮށް މެމްބަރުންނަށް ޕާޓީގެ ތެރެއިން ބާރުބެރިކަން ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ޕާޓީ އިސްލާހްކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށް މީކާއީލް ވިދާޅުވިއެވެ. މިގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނަ މީހަކަށް ކުރިއަށް އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެގޮތް ހެދުމަށް އިސްލާހް ހުށަހަޅާނޭކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނަ މީހަކީ ދެފުށްފެންނަ، ފުދުންތެރި ޕާޓީއަކަށް ހަދާދޭނަންކަމަށެވެ.

ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތް އާންމު މެމްބަރުންނަށް ކޮންމެ މަހަކު އަޅުގަނޑު އާންމުކޮށްދޭނަން. ދަޢުލަތުގެ ބަޖެޓަށް ބަރޯސާވެ، ވާ މިނިވަރު ކުޑަކޮށް، ދެބޭއްޓެނޭނެ ގޮތެއްގައި ޕާޓީގެ ކަންކަން ކުރިއަށްދާނެ އޮނިގަނޑެއް އަޅުގަނޑު ހުށަހަޅާދޭނަން

މީކާއިލް އަހުމަދު ނަސީމް

ޗެއާޕާސަންކަމަށް އިންތިހާބު ކޮށްފިނަމަ، ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތް އާންމު މެމްބަރުންނަށް ކޮންމެ މަހަކު ހިސާބުތައް އާއްމު ކުރާނޭކަމަށް މީކާއީލް ވިދާޅުވިއެވެ. މީގެ އިތުރުން ދަޢުލަތުގެ ބަޖެޓަށް ބަރޯސާވެ، ވާ މިންވަރު ކުޑަކޮށް، ދެމެހެއްޓޭނެ ގޮތެއްގައި ޕާޓީގެ ކަންކަން ކުރިއަށްދާނެ އޮނިގަނޑެއް ހުށަހަޅާނޭ ކަމަށާއި، ޕާޓީގެ ދާއިމީ މައި މަރުކަޒެއް މާލޭގައި ޤާއިމްކޮށް، ކުލީގެ އަޅުވެރިކަމުން ޕާޓީ މިނިވަންކޮށްދޭނޭ ކަމަށްވެސް މީކާއީލް ވިދާޅުިވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލީ ފަހަރެއްގައިވެސް ވެރިކަމަށް ކުރިމަތިލާން ނޫންކަން ފާހަގަކުރަމުން މީކާއީލް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އޭނާ އެންމެބޮޑު އިސްކަމެއް ދޭނީ، ޕާޓީގައި ސިޔާސީ ލީޑަރުން ބިނާކުރުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ދައުލަތުން ލިބޭ ފައިސާގެ ބައެއް، ޒުވާނުންގެ ހިތްވަރާ، އަންހެނުންގެ ރޫޙާ ހިއްސާކުރާނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ